ކ. މާލެ
|
25 މެއި 2024 | ހޮނިހިރު 17:35
ޗައިނާ ވައިޓް - ނުރައްކާތެރި ޑްރަގް ވަނީ ރާއްޖެއިން ވެސް ފެނިފައި
ޗައިނާ ވައިޓް - ނުރައްކާތެރި ޑްރަގް ވަނީ ރާއްޖެއިން ވެސް ފެނިފައި
އެޑިކްޝަން ރިސޯސް
ޗައިނާ ވައިޓް
ފުރާނައަށް ނުރައްކާތެރި "ޗައިނާ ވައިޓް" އަކީ ކޮބާ؟
ޗައިނާ ވައިޓަށް އޯވަރޑޯޒް ވެއްޖެނަމަ ފުރާނައަށް ނުރައްކާވޭ
ނަން ދީފައިވަނީ ޗައިނާ މީހަކު މި ޑްރަގް އުފައްދާ އެމެރިކާއަށް އެތެރެކުރުމުން
ޗައިނާ ވައިޓަކީ އަވަހަށް ދެވިހިފާ ފުރާނައަށް ނުރައްކާ ޑްރަގެއް

ޗައިނާ ވައިޓް އަކީ ފެންޓަނައިލް އަށް ކިޔާ މަގުމަތީ ނަމެއް ނަމަވެސް ފެންޓަނައިލް އާއި އެކު ލޭސްކޮށްފައިވާ ހެރޮއިން އަށް ވެސް އިޝާރާތް ކުރެވިދާނެއެވެ. ފެންޓަނައިލް އަކީ އިންތިހާއަށް ވަރުގަދަ އަދި ނުރައްކާތެރި ސިންތެޓިކް އޮޕިއޯއިޑެއް ކަމުން ހާއްސަކޮށް ހެރޮއިން އާއި އެއްކޮށްގެން ބޭނުންކޮށްފިނަމަ މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ޗައިނާ ވައިޓް އަކީ ހެރޮއިންގެ ވައްތަރެއް ހެއްޔެވެ؟

ހެރޮއިން އަކީ ތަފާތު ދެ ގޮތަކަށް އުފެދިދާނެ ނާޖާއިޒު އޯޕިއޭޓެއް ކަމަށްވާ ބްލެކް ޓާ ހެރޮއިން އާއި ޕައުޑަރ ހެރޮއިން އެވެ. ޕައުޑަރ ހެރޮއިން، ޚާއްޞަކޮށް ހުދު ޕައުޑަރ ހެރޮއިން އަކީ އެންމެ ސާފު އަދި އެންމެ ވަރުގަދަ ފޯމް ކަމަށް ބެލެވެއެވެ. ގިނަ ފަހަރަށް ހެރޮއިންގައި ފުށް ނުވަތަ ޓަލްކަމް ޕައުޑަރ ހިމެނޭ ގޮތަށް އެޑިޓިވްސް ހިމެނޭ ނަމަވެސް ފެންޓަނައިލް ވެސް ހިމެނިދާނެއެވެ.

ޕައުޑަރ ފޯމުގައި ފެންޓަނައިލް ފެންނަ ފެނުމުގައި ހުދު ޕައުޑަރ ހެރޮއިން އާއި އެއްގޮތް ކަމުން މި ދެ ބޭސް އެއްކޮށްލުމަށް ފަސޭހަވެއެވެ. ބައެއް މީހުންނަށް ހެރޮއިން ގަނެވޭނީ އޭގައި ފެންޓަނައިލް ހިމެނޭކަން ނޭނގި ނަމަވެސް އެއީ ޗައިނާ ވައިޓް ވަކިން ނުރައްކާތެރި ކަމެކެވެ.

ޗައިނާ ވައިޓްއޭ ބުނެވިދާނެ ބައެއް މަސްތުވާތަކެތި

ފެންޓަނައިލް

ގަވާއިދާ ހިލާފަށް އުފައްދާ ފެންޓަނައިލް (3-މެތައިލް-ފެންޓަނައިލްގެ ނަމުން މަޝްހޫރު)

ފެންޓަނައިލް އާއި އެކު އެއްކޮށްފައި ހުންނަ ހެރޮއިން

ފެންޓަނައިލް އަކީ ކޮބާ؟

ފެންޓަނައިލް އަކީ 1960 ގެ އަހަރުތަކުގައި ބޭހުގެ ބާޒާރަށް ތައާރަފްކުރި އެއްޗެއް ކަމަށްވެއެވެ. މިހާރު މިއީ ދިގުދެމިގެންދާ ބޮޑެތި ރިހުންތަކަށް ފަރުވާކުރުމަށް ޑޮކްޓަރުގެ ލަފާގެ މަތިން ލިބޭ ތަދުކެނޑުމުގެ ބޭހެއްގެ ގޮތުގައި ލިބެން ހުންނަ އެއްޗެކެވެ.

ސިއްރު ލެބޯޓްރީތަކުގައި ވެސް ގަވާއިދާ ހިލާފަށް ފެންޓަނައިލް އެނަލޮގް އުފައްދާފައިވާއިރު، އޭގެ ތެރެއިން މަދުވެގެން ދިހަ ވަރޝަނެއް ވަނީ ފެނިފައެވެ. އެނަލޮގްސް އަކީ އެހެން ބޭހާއި އެއްގޮތް ސްޓްރަކްޗަރއެއް ހުންނަ ބޭސްތަކެކެވެ.

ގަވާއިދާ ހިލާފަށް ފެންޓަނައިލް އުފެއްދުމުގެ ސަބަބުން ފެންޓަނައިލް އާއި ހެރޮއިން އާއި އެއްކޮށްގެން ބޭނުންކުރުމުގެ ސަބަބުން އޯވަރޑޯޒް ވެގެން މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެމެރިކާގެ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި ސިންތެޓިކް އޮޕިއޯއިޑްސް ގެ ސަބަބުން އޯވަޑޯޒް ވެގެން މަރުވާ މީހުންގެ ނިސްބަތް 2018 ވަނަ އަހަރު %10 އިތުރުވެފައިވެއެވެ.

ފެންޓަނައިލްގެ އަސަރުތައް ހެރޮއިން އާއި އެއްގޮތް ނަމަވެސް، އެއީ އެއަށްވުރެ މާ ވަރުގަދަ އެއްޗެކެވެ. އަޅާކިޔާއިރު، ފެންޓަނައިލް އަކީ ބޮޑެތި ތަދުތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ ވަރުގަދަ އޮޕިއޯއިޑެއް ކަމަށްވާ މޯފިން އަށް ވުރެ ގާތްގަނޑަކަށް 100 ގުނަ ވަރުގަދަ އެއްޗެކެވެ. 100 މައިކްރޯގްރާމް ފެންޓަނައިލް 10 މިލިގްރާމް މޯފިން އާއި އެއްވަރެވެ.

ޗައިނާ ޗައިޓް އުފަންވި ގޮތް

ޗައިނާގެ މަސްތުވާތަކެތީގެ ވިޔަފާރިވެރިން އެމެރިކާއަށް ގެނައި ހެރޮއިން އަކީ ތާރީޚީ ގޮތުން ޗައިނާ ވައިޓްގެ ނަމުން ނަންދެވިފައިވާ އެއްޗެކެވެ. އެއީ ހުދު ހެރޮއިންގެ ސާފު ވައްތަރެއްގެ ގޮތުގައި ބެލެވުނު އަދި އިރުމަތީ އައްސޭރީގައި އެންމެ ގަޔާވާ ވައްތަރެވެ.

މެކްސިކޯގެ މަސްތުވާތަކެތީގެ ކާޓޭލްތަކުން ޗައިނާ ވައިޓްއާ ވާދަކުރަން ބޭނުންވެ، ގަވާއިދާ ހިލާފަށް އުފައްދާ ފެންޓަނައިލް އާއި އެކު ހެރޮއިން އެއްކޮށްފައިވާ ޑިޒައިނަރ ބޭހެއް އުފެއްދިއެވެ. ހެރޮއިން ފަދައިން ޗައިނާ ވައިޓް ވެސް ދުންފަތުގެ އިސްތިއުމާލުކޮށް، ނޭވާލާ ނިޒާމުގެ ތެރެއަށް ކުޑިތައް ދަމައިގެން ނުވަތަ ސީދާ ލޭގެ ތެރެއަށް އިންޖެކްޓް ކުރެއެވެ.

ޗައިނާ ވައިޓް ބޭނުންކުރުމުން ވާގޮތް

އެހެން އޮޕިއޯއިޑްތަކާ އެއްގޮތަށް ފެންޓަނައިލް ވެސް ތިބާގެ ސެންޓްރަލް ނާރވަސް ސިސްޓަމް ގައި ހުންނަ އޮޕިއޯއިޑް ރިސެޕްޓަރުތަކާ ގުޅެއެވެ. އެއްފަހަރު ގުޅިއްޖެނަމަ ތަދު ފިލުވައިދީ ސިކުނޑީގައި ހުންނަ ނިއުރޯޓްރާންސްމިޓަރ ޑޮޕަމިން އިތުރުކޮށްދެއެވެ.

ޑޮޕަމިން އިތުރުވުމަކީ އޮޕިއޯއިޑްސް އާއި ގުޅިފައިވާ ޔޫފޯރިކް އެފެކްޓްސް އާއި ރިލެކްސް ކުރުވާ ކަމެކެވެ. ނަމަވެސް ޗައިނާ ވައިޓް ބޭނުންކުރުމުން ޔޫފޯރިކް އެފެކްޓް ކުރާ މިންވަރު ހަލުވިވެ ހެރޮއިންއާއި އޮޕިއޮއިޑަށްވުރެ ވެސް އެތައް ގުނައެއް ބާރުގަދަވެއެވެ.

ހެރޮއިން އާއި ފެންޓަނައިލްގެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ހިމެނެނީ؛

އުފާވެރިކުރުވުން

ޝައްކު އުފެއްދުން

ނިދި އައުން

ބޯއެނބުރުން

ބަނޑުހަރުވުން

ހޭވެރިކަން ގެއްލުން

ޗައިނާ ވައިޓް އޯވަޑޯޒް

ޗައިނާ ވައިޓް އަށް އޯވަޑޯޒްވުން ފަސޭހަވަނީ ފެންޓަނައިލްގެ ބާރު ބޮޑުކަމުން ހާއްސަކޮށް ހެރޮއިން އާއި އެކު ބޭނުން ކުރުމުގެ ސަބަބުންނެވެ. ފެންޓަނައިލް ބޭނުންކޮށްގެން އޯވަރޑޯޒް ވުމުން ނެވާލާނިޒާމް ޑިޕްރެޝަނަށް ދިއުމާއެކު އެކަމުގެ ސަބަބުން ނޭވާލުން ދަށްވުން ނުވަތަ ހުއްޓުން ހިމެނެއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮން ޑްރަގް އެބިއުސް (އެންއައިޑީއޭ) އިން ބުނާ ގޮތުގައި ނޭވާލާ ނިޒާމުގެ ޑިޕްރެޝަންގެ ސަބަބުން ސިކުނޑިއަށް އޮކްސިޖަން ނުލިބޭނެއެވެ. މިކަމުގެ ސަބަބުން ހައިޕޮކްސިއާ ކުރިމަތިވެ، ކޯމާ، ސިކުނޑިއަށް ގެއްލުން ނުވަތަ މަރުވުން ފަދަ ކަންކަން މެދުވެރިވެއެވެ.

ފެންޓަނައިލް އޯވަރޑޯޒް ވުމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ؛

ނޭވާލާން އުނދަގޫވުން

ކަޅުކަޅި ވަރަށް ބޮޑަށް ކުޑަވުން

ހޭވެރިކަން ގެއްލުން

ގުރުގުރުވާ އަޑުތައް ލެއްވުން

މީހާ މަޑުމޯޅިވުން

ގައިގެ ހަންގަނޑުގެ ކުލަ ނޫކުލައަކަށް ބަދަލުވުން

ތިމާ ނުވަތަ ލޯބިވާ މީހަކު އޯވަރޑޯޒް ވެދާނެ ކަމަށް ހީވާނަމަ ވަގުތުން ޑޮކްޓަރުގެ ލަފާ ހޯދުން މުހިންމެވެ. ނާރކަން (ނަލޮކްސޯން ނުވަތަ އޮޕިއޮއިޑް އަށް އޯވަރޑޯޒް ވުމުން ދޭ ބޭސް) ލިބެން ހުރިނަމަ ސިއްހީ އެހީތެރިން އައުމުގެ ކުރިން އެ ދެވިދާނެއެވެ.

ޗައިނާ ވައިޓް އަށް އެޑިކްޓްވޭތަ؟

ފެންޓަނައިލް އަކީ ވަރަށް ބޮޑަށް އެޑިކްޓްވާ އޮޕިއޯއިޑެއް ކަމަށާއި ދިގު މުއްދަތަކަށް މި ޑްރަގް ބޭނުންކުރާނަމަ އެހެންމީހެއްގެ އެހީތެރިކަމާ ނުލައި ނޫޅެވޭ ވަރަށް މީހާގެ ހާލަތު ގޯސްވެދާނެއެވެ. މާނައަކީ ޖިސްމާނީ ގޮތުން މީހާ ބަލިކަށިވެ ޑްރަގާއި ނުޅާ ނޫޅެވޭވަރުވެދާނެއެވެ.

ފެންޓަނައިލްގެ އަސަރު ހަށިގަނޑުން ނެތެމުންދާއިރު ފެންނާނެ އަލާމާތްތައް

މަސްގަނޑިގައި ނުވަތަ ކަށީގައި ރިއްސުން

ނިދުމަށް އުނދަގޫވުން

ބޭރަށް ހިންގުން

ހޮޑުލުން

ކޯލްޑް ފްލޭޝް ނުވަތަ ހޯމޯން ލެވެލްއަށް ބަދަލުއައުން ނުވަތަ އެންޒައިޓި ނުވަތަ ފެނިކްވުން

ބޭއިހްތިޔާރުގައި ފައި ހަރަކާތްކުރުން

މާ ގަދައަށް ބަނޑުހައިވުން ނުވަތަ ކާހިތްވުން

ހަށިގަނޑުން ޑްރަގުގެ އަސަރު ކެނޑޭކަމަށް ހީވާނަމަ ޑިޓޮކްސް ޕްރޮގްރާމަކީ ރައްކާތެރިކަމާއެކު އަލާމާތްތައް މެނޭޖްކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެކެވެ.

ދިގުމުއްތަކަށް ޗައިނާ ވައިޓް ބޭނުންކުރާނަމަ އޭގެ ސަބަބުން އެއަށް ދެވިހިފާގޮތް ބޮޑުވެއެވެ. އަދި ދެވި ހިފުމުގެ ސަބަބުން ދިރިއުޅުމަށް އަސަރުކޮށް، އަމިއްލައަށް އެ ބޭނުންކުރުން ހުއްޓާލަން އުނދަގޫވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް