ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 22:35
އީރާނުގެ ރައީސް ރައީސީ ފަސްދާނުލެއްވުން
އީރާނުގެ ރައީސް ރައީސީ ފަސްދާނުލެއްވުން
ތަސްނިމް
އީރާނުގެ ރައީސް އަވަހާރަވުން
އީރާނުގެ ރައީސް ރައީސީ ފަސްދާނުލައިފި
އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލީ ރައީސީގެ އުފަން ޝަހަރު މަޝްހަދުގަ

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ބުރާސްފަތި ދުވަހު ފަސްދާނު ލައިފިއެވެ.

އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލީ ރައީސީގެ އުފަން ޝަހަރު މަޝްހަދުގައެވެ.

ދަތުރުކުރެއްވި ހެލިކޮޕްޓަރ ވެއްޓި ކުއްލި ގޮތަކަށް އަވަހާރަވި އީރާނުގެ ރައީސަށް އެންމެ ފަހުގެ އިހްތިރާމް އަދާ ކުރުމުގައި 3 މިލިއަނެއްހާ މީހުން ބައިވެރިވި ކަމަށް އެ ސިޓީގެ މޭޔަރ އާ ހަވާލާދީ އީރާނުގެ ޕްރެސް ޓީވީން ބުނެފައިވެއެވެ.

މަޝްހަދަށް ރައީސީގެ ސައްދޯޕުޅު ގެނައުމުގެ ކުރިން ތަބްރީޒް އަށާއި ޤޮމް އަށާއި ވެރިރަށް ތެހެރާން އަށާއި ބިރިޖާންޑް އަށް ސަންދޯއްޕުޅު ގެންދެވުނެވެ.

އުމުރުފުޅުން 63 އަހަރުގެ ރައީސީ އަވަހާރަވީ މިދިޔަ އާދިއްތަ ދުވަހު އެމަނިކުފާނު ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު އީރާނުގެ ފަރުބަދަ ބޯ ސަރަހައްދަކަށް ވެއްޓުމާ ގުޅިގެންނެވެ. މި ހާދިސާގައި އީރާނުގެ ޚާރިޖީ ވަޒީރުގެ އިތުރުން ހެލިކޮޕްޓަރުން ދަތުރުކުރި އިތުރު 6 މީހަކުވެސް ވަނީ މަރުވެފައެވެ.

އީރާންގެ ރައީސް އާއި އެމަނިކުފާނު އަވަހާރަވި ހާދިސާގައި ދުނިޔެދޫކުރި މީހުންގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ ޔުނިވަރސިޓީ އޮފް ތެހެރާންގައި ބުދަ ދުވަހުއެވެ. ކަށު ނަމާދު އިމާމުވެ ކުރެއްވީ އީރާނުގެ އެންމެ މަތީ ވެރިޔާ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް