އީރާންގެ ރައީސް އިބްރާހީމް ރައީސީގެ ޖަނާޒާގައި އެތައް ހާސް އީރާނުގެ ރައްޔިތުން ބައިވެރިވެއްޖެއެވެ
ޖަނާޒާގެ ރަސްމިއްޔާތު ފެށުނީ އަންގާރަ ދުވަހު ހެނދުނު ތަބްރީޒް ސިޓީގައެވެ.
ރައީސީގެ ސަންދޯއްޕުޅު މައިދާނަށް ގެނެވުނީ ރަސްމީ އިއްޒަތުގައި ރިޔާސީ މަތިންދާބޯޓުގައެވެ.
އީރާންގެ ރަސްމީ ޓީވީން ބުނި ގޮތުގައި ތަބްރީޒް އިން ރައީސީގެ ސަންދޯއްޕުޅު ދެން ގެންދާނީ ޤޮމް ސިޓީ އަށެވެ. އޭގެ ފަހުން ވެރިރަށް ތެހެރާން ސަންދޯއްޕުޅު ގެނެސް ރައީސީ ފަސްދާނުލާނީ ބުދަ ދުވަހު ތެހެރާންގައެވެ.
އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނީ އާދިއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އީރާންގެ އީސްޓް އައިޒަރު ބައިޖާން ޕްރޮވިންސްގެ ވެރިރަށް ތަބްރީޒް އަށް ދަތުރު ކުރަނިކޮށްނެވެ.
ބޯޓު ވެއްޓެން ދިމާވީ ކޮން ސަބަބަކާ ހެދި ކަމެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.
ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރ ވެއްޓި ހަލާކުވެފައި ވަނިކޮށް ހޯދުނީ 70 އެތައް ޓީމަކުން އެތައް ގަޑީއިރެއް ވަންދެން ކުރި މަސައްކަތުން ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މިހާދިސާގައި އީރާނުގެ ޚާރިޖީ ވަޒީރުވެސް ވަނީ އަވަހާރަވެފައެވެ.