ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 00:07
ޗައިނާގެ ލަކީ އެއާގެ ދަތުރުތައް އަންނަ ޖެނުއަރީގައި ރާއްޖެއަށް ފަށާނެ
ޗައިނާގެ ލަކީ އެއާގެ ދަތުރުތައް އަންނަ ޖެނުއަރީގައި ރާއްޖެއަށް ފަށާނެ
ގޫގުލް
ޗައިނާގެ ލަކީ އެއާ
ޗައިނާގެ ލަކީ އެއަރގެ ދަތުރުތައް އަންނަ ޖެނުއަރީމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެ
ލަކީއެއާއިން ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހު
ދުނިޔޭގެ އެހެނިހެން އެއާލައިންތަކާއި ވެސް ދަނީ މަޝްވަރާކުރަމުންކަމަށް އެމްއޭސީއެލުން ބުނޭ

ޗައިނާގެ ލަކީ އެއާލައިންގެ ދަތުރުތައް  އަންނަ ޖެނުއަރީމަހު  ޜާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެެވެ.

 

ލަކީ އެއަރގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި  ޗައިނާގެ ގުއަންޒޯއާއި ދެމެދު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ބުނެއެވެ. އެގޮތުން ހަފްތާއަކު ދެ ދަތުރު އެއަރލައިންއިން ރާއްޖެއަށް ކުރާނެ ކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.

 

ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެންމެ އަވަހަށް ރާއްޖެއަށް ދަތުރުތައް ފަށާނީ ތައި އެއަރއޭޝިއާއިންނެވެ. ތައި އެއަރއޭޝިއާގެ ދަތުރުތައް މިމަހުގެ އެގާރަވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ތައި އެއަރއޭޝިއާގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއާއި ބެންކޮކާ ދެމެދުއެވެ.

.

މީގެ އިތުރުން މިއަހަރުގެ ނޮވެމްބަރމަހު އެއަރ ފްރާންސްއިން ފްރާންސްގެ ޕެރިހާ ރާއްޖެ އާއި ދެމެދު ދަތުރުތައް ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އިޓަލީގެ އަލިޓާލިއާ އިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައި ވަނީ އަންނަ އޮކްޓޯބަރުމަހުއެވެ. އެމްއޭސީއެލްއިން ބުނީ، ރާއްޖެއަށް ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖެއަށް ދަތުރުތައް ފެށުމަށް ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށާއި، އެގޮތުން މިހާރުވެސް ރާއްޖެއަށް ދަތުރުތައް ފެށުމާއި ގުޅޭގޮތުން މެދު އިރުމަތީގެ އެއަރލައިން އަކާއި އަދި އިންޑިއާގެ އެއަރލައިން އަކާއި މަޝްވަރާ ކުރެވެމުންދާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 އޯގަސްޓް 2017 | ބުދަ 00:50
addu
South Africa lands in Addu