ކ. މާލެ
|
21 މެއި 2024 | އަންގާރަ 14:30
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
ޖޫން މަހު ބާއްވާ ބައި އިލެކްޝަންތައް
ޖޫން މަހު ބާއްވާ ބައި އިލެކްޝަންގެ ހުރިހާ ކަމެއް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދޭ - އިލެކްޝަންސް
ޖޫން މަހުގެ ފުރަތަމަ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހު
އަންނަ މަހު ދެ ތާރީޚެއްގައި ބައި-އިލެކްޝަންތައް ބޭއްވުމަށް ވަނީ ނިންމާފައި
މި ހިނގާ މެއި މަހުގެ ތެރޭގައި ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ 6 ބައި-އިލެކްޝަނެއް ބާއްވާފައި

ޖޫން މަހު ބާއްވާ ބައި އިލެކްޝަންސްގެ ހުރިހާ ކަމެއް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތުދެމުން އިލެކްޝަންްސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިންތިޚާބަށް އިދާރީ ގޮތުން ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ޖޫން މަހު، 4 ބައި-އިލެކްޝަނެއް ބާއްވަން ހަމަޖެހިފައިވާއިރު އެ އިންތިޚާބުގެ ހުރިހާ ވޯޓު ލިސްޓުތަކާއި ގުޅޭ ޝަކުވާރައް ހުށަހަޅާ މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ އަދި އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކޮށްފައި ނުވާ ކަމަށާއި އެކަން ވެސް ތާވަލާއި އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ.

Advertisement

ފުއާދު އެފަދައިން ވިދާޅުވެފައިވާ އިރު އަންނަ މަހު ދެ ތާރީޚެއްގައި ބައި-އިލެކްޝަންތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖޫން މަހުގެ ފުރަތަމަ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހުއެވެ. އެ ދުވަހު އޮތީ ނ. ފުނަދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ. އެ ބައި އިލެކްޝަންގެ ފައިނަލް ލިސްޓް އާންމުކުރާނީ އަންނަ ޖޫން 2ގައެވެ.

ޖޫން މަހު 15އިގައި 3 ބައި-އިލެކްޝަން އޮންނާނެއެވެ. އެއީ ލ. ގަމު ކައުންސިލްގެ މެންބަރާއި ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސާއި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމުގެ ބައި އިލެކްޝަނެވެ. އެ އިންތިޚާބުތަކުގެ ފައިނަލް ވޯޓަރސް ލިސްޓް އާންމުކުރާނީ ޖޫން މަހު 9 ވަނަ ދުވަހުއެވެ. މިހިނގާ މެއި މަހުގެ ތެރޭގައި ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ 6 ބައި-އިލެކްޝަނެއް ބާއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް