ކ. މާލެ
|
21 މެއި 2024 | އަންގާރަ 01:25
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
މިއީ ރަނގަޅު ނަތީޖާއެއް ނޫން: ޓެން ހާގް
މިއީ 1989-1990 އަހަރުގެ ސީޒަންގެ ފަހުން ޔުނައިޓެޑަށް ލިބުނު އެންމެ ދަށް ނަތީޖާ

މި ސީޒަންގެ ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނީ ރަނގަޅު ނަތީޖާއެއް ނޫން ކަމަށް، އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އޭނާ މިހެން ބުނީ، މި ސީޒަންގެ ޕްރިމިއާ ލީގު ތާވަލްގެ އަށް ވަނައިގައި ޔުނައިޓެޑު ނިންމާލުމަށްފަހު އެވެ. މިއީ 1989-1990 އަހަރުގެ ސީޒަންގެ ފަހުން ޔުނައިޓެޑަށް ލިބުނު އެންމެ ދަށް ނަތީޖާ އެވެ.

ބްރައިޓަނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ޔުނައިޓެޑަށް މިއަށްވުރެ ކުރީގައި ލީގު ނިންމާލެވެން ޖެހޭނެ ކަމަށެވެ. އަދި މިއީ އެންމެ ރަނގަޅު ނަތީޖާ ނޫން ކަމަށާއި، މި ނަތީޖާ އިން ފުއްދާލެވެން ނެތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ މި ސީޒަންގައި ޔުނައިޓެޑަށް ލިބުނޫ 69 ޕޮއިންޓު ކަމަށާއި، ދެ އަހަރު ކުރިއަށް ބަލާއިރު ލިބުނީ 58 ޕޮއިންޓު ކަމަށެވެ. އޭރު ލީގު ނިންމާލީ ފަސް ވަނައިގައި ކަމަށް ވެސް ޓެން ހާގް ފާހަގަ ކުރި އެވެ. އެހެން ނަމަވެސް، މިފަހަރު 60 ޕޮއިންޓާއެކު ވެސް އަށް ވަނައިގައި ނިންމާލަން ޖެހުމަކީ، ފުއްދާލެވޭނެ ކަމެއް ނޫން ކަމަށް އޭނާ ޤަބޫލު ކުރެ އެވެ. އަދި ޔުނައިޓެޑުގެ ނަތީޖާ ރަނގަޅު ކުރަން ޖެހޭ ކަމަށް ޓެން ހާގް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، މިއީ އެއްވެސް މީހަކު ޤަބޫލު ކުރާނެ އަދި އުންމީދު ކުރި ވެސް ނަތީޖާއެއް ނޫން ކަމަށެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ލިބުނު ނަތީޖާގެ ސަބަބުން، އޭނާ އާއި ޔުނައިޓެޑުގެ ކުޅުންތެރިން އަދި ޔުނައިޓެޑަށް ނިސްބަތްވާ އެންމެން ވެސް ތިބީ މާޔޫސްވެ، ކަންބޮޑުވެފައި ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ކުޅުނު 38 މެޗުގެ ތެރެއިން، އެ ޓީމު މޮޅުވެފައި ވަނީ 18 މެޗުންނެވެ. 14 މެޗުން ބަލިވެފައިވާއިރު، ހަ މެޗުން ވަނީ އެއްވަރުވެފަ އެވެ. ޔުނައިޓެޑަށް ދެން އޮންނާނީ އެފްއޭ ކަޕްގެ ފައިނަލްގައި ވާދަވެރި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް