ކ. މާލެ
|
20 މެއި 2024 | ހޯމަ 11:42
ކ.ތިލަފުށިން ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން އަންނަ ދޯނި
ކ.ތިލަފުށިން ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން އަންނަ ދޯނި
އެމްއެންޑީއެފް
ދޯންޏެއް ގެއްލުން
ގެއްލިގެން ހޯދަމުންދާ ދޯންޏާ ގުޅިއްޖެ: އެމްއެންޑީއެފް
ކޯސްޓްގާޑުގެ ޝަހީދުއަލީ އެ ދިމާއަށް މިސްރާބު ޖަހާފައިވޭ
ދޯނިން ދަތުރުކުރަމުން ދިޔައީ ބަންގްލަދޭޝްގެ 3 މީހުންނާއި ދިވެއްސަކާއެކު ޖުމްލަ 4 މީހުން

ކ.ތިލަފުށިން ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން އަންނަ ދޯންޏާ ގުޅިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ދޯންޏާ ގުޅިފައިވާ ކަމަށާއި، ކޯސްޓްގާޑުގެ ޝަހީދުއަލީ އެ ދިމާއަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

ގެއްލުނު ދޯނިން ދަތުރުކުރަމުން ދިޔައީ ބަންގްލަދޭޝްގެ 3 މީހުންނާއި ދިވެއްސަކާއެކު ޖުމްލަ 4 މީހުންނެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން "l AAA 37" މުދާ އުފުލާ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި އާދިއްތަ ދުވަހުގެ ނިޔަލަށް ކަނޑާއި ވައިގެމަގުން 6240 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް