Advertisement
ކ. މާލެ
|
18 މެއި 2024 | ހޮނިހިރު 19:35
ޖަސްޓިސް ބިލްޑިންގ
ޖަސްޓިސް ބިލްޑިންގ
ރާއްޖެއެމްވީ
ވަގަށް މަސްވެރިކަން ކުރި މައްސަލަ
"ވަގަށް މަސްވެރިކަންކޮށްގެން އިންޑިއާގެ ބޯޓެއް ކުރި ޖޫރިމަނާ މަޢާފުކުރީ ރައީސް އޮފީހުގެ ސިޓީއަކުން"
ފިޝަރީސް މިނިސްޓްރީން ކޮށްފައިވާ 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢާފްކޮށްދިނީ 10 މާޗް 2024ގައި ފޮނުވާފައިވާ ސިޓީއަކުން
މި މައްސަލައާ ގުޅިގެން ދައުލަތުން ހިފަހައްޓާފައި އޮތް "ހޮލީ ސްޕިރިޓް" 17 މާޗް 2024 ވަނަ ދުވަހު ވަނީ ރާއްޖެއިން ފުރުވާލާފައި
ފިޝަރީޒް މިނިސްޓްރީން 7 މެއި 2024ގައި ސިވިލް ކޯޓަށް ފޮނުވި ސިޓީގައި ވަނީ ދައުވާ އަނބުރާ ގެންގޮސްދިނުމަށް އެދިފައި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކޮށްގެން އިންޑިއާ ބޯޓަކަށް ކުރި 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ މަޢާފްކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ކުރި ޙުކުމްގައެެވެ. ގާނޫނާއި ގަވާއިދާ ހިލާފަށް އިންޑިއާގެ އުޅަނދެއް ކަމަށްވާ "ހޮލީ ސްޕިރިޓް" އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި މައްސަލަ އެއް ފެންމަތިވުމާ އެކު އެ އުޅަނދުގެ އޮޕަރޭޓަރު އެންތަނީ ޖަޔަބަލަން ވަނީ ޖޫރިމަނާކޮށްފައެވެ. އެހެންކަމުން އެ ފައިސާ އަކީ އޭނާ ދައުލަތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށް ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ. އަދި އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެއްފަހަރާ ދައުލަތަށް ހޯދުމަށް އެ މައްސަލައިގައި އެދިފައިވެއެވެ.

Advertisement

މީގެ އިތުރުން "ހޮލީ ސްޕިރިޓް" ދައުލަތަށް ނެގުމަށް އަންގައި އަމުރުކޮށްދިނުމަށް ފިޝަރީސް މިނިސްޓްރީން ވަނީ އެދިފައެވެ. އެ މައްސަލައާ ގުޅިގެން އެ ކޯޓުން ބުނެފައި ވަނީ އެންތަނީ ޖަޔަބަލަންގެ މައްޗަށް ފިޝަރީސް މިނިސްޓްރީން ކޮށްފައިވާ 4.2 މިލިއަން ރުފިޔާގެ ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢާފްކޮށްދިނީ 10 މާޗް 2024 ގައި ފޮނުވާފައިވާ ސިޓީއަކުން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދައުލަތުން ހިފަހައްޓާފައި އޮތް "ހޮލީ ސްޕިރިޓް" 17 މާޗް 2024 ވަނަ ދުވަހު ވަނީ ރާއްޖެއިން ފުރުވާލާފައެވެ.

ފިޝަރީޒް މިނިސްޓްރީން 7 މެއި 2024ގައި ސިވިލް ކޯޓަށް ފޮނުވި ސިޓީގައި ވަނީ ދައުވާ އަނބުރާ ގެންގޮސްދިނުމަށް އެދިފައެވެ. ސިވިލް ކޯޓުން ވަނީ އެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކުރިކަން ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް