ކ. މާލެ
|
19 މެއި 2024 | އާދީއްތަ 09:29
ރައީސް ޑރ މުޙައްމަދު މުއިއްޒު
ރައީސް ޑރ މުޙައްމަދު މުއިއްޒު
ރާއްޖެއެމްވީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު
މިއީ ވެސް ޖައްސަވާލި ކަޑައެއްތޯ؟
 
މަޖިލިސް އިންތިޚާބުގެ ކުރިން އާންމުންގެ ސުވާލުތަކަށް ބަރާބަރަށް ޖަވާބު ދެއްވި

ރައްޔިތުން ހެއްލުމަށް، ނުވަތަ މަގު މަތީ ބަހުން ދަންނަވާނަމަ ގުނބޯ ހެއްދުމަށް ކަޑަ ޖެހުމާއި، މަޝްރޫޢުތަކުގެ މަސައްކަތް ފެށުމުގެ ވާހަކަ އެންމެ ގަދަޔަށް ދެއްކެވި އެއް ބޭފުޅަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ. އެމަނިކުފާނު އެކަން އެގޮތަށް ނުކުރައްވާނެ ކަމަށާއި، ވީހާ ވެސް ރައްޔިތުންނާ ގާތުން ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދެވީ، ހަރު އަޑުންނެވެ.

މިފަހަރު ދައްކަން މި އުޅެނީ މި ސަރުކާރުން ޖެހި ކަޑައެއްގެ ވާހަކަ އެވެ. ވަކި ދުވަސްކޮޅަކަށް އަމާޒުކޮށް، އެކަން ކުރުމަށްފަހު މިހާރު އެކަމުގެ މަތިން ހަނދާން ނެތިއްޖެ އެވެ. އެކަން ނުވެގެން ރައްޔިތުން އިންތިހާ އަށް ޝަކުވާ ކުރަމުން ދާއިރު، ތަށަށް ކިޔަނީ މަރިޔަނބުހޭ ވެސް ސަރުކާރަށް ހީ ނުވެ އެވެ. ކޮންމެ ވެސް ބަހަނާއެއް ދައްކައިގެން މަތި ޖަހަން އުޅެނީ އެވެ.

ދައްކަން މި އުޅޭ ވާހަކަ އަކީ، އާންމު ރައްޔިތުންގެ ސުވާލަށް ރައީސް މުޢިއްޒު ޖަވާބު ދެއްވަައި، ކުޅުއްވި ވީޑިއޯތަކުގެ ވާހަކަ އެވެ. ސަރުކާރު ލިބި، ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ރައީސް ފެއްޓެވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވާށެވެ. ރައީސް އޮފީހުން މަގު މައްޗަށް ނުކުމެ، އާންމު ރައްޔިތުންނަށް ސުވާލު ކުރުމުގެ ފުރުސަތުދެމުން ދިޔަ އެވެ. އެ ސުވާލުތަކަށް ރައީސް މުޢިއްޒު ގެންދެވީ ބަރާބަރަށް ޖަވާބު ދެއްވަމުންނެވެ.

ކޮންމެ ސުވާލެއް ކުރި ކަަމަށް ވިޔަސް، މައުލޫމާތު ހޯއްދަވައިގެން، އެއް ކުރައްވައިގެން، ހިސާބު ޖައްސަވައިގެން ގެންދެވީ ޖަވާބު ދެއްވަމުންނެވެ. ރައީސް އޮފީހުގައި އިންނަވައިގެން ވެސް ޖަވާބު ދެއްވަ އެވެ. ރަސްމީ ގަޑި ނިންމަވާލެެއްވުމަށްފަހު ގެއަށް ވަޑައިގެން ވެސް ޖަވާބު ދެއްވަ އެވެ. ނުވިތާކަށް އަތޮޅުތެރޭގެ ރަށަކަށް ވަޑައިގެން އުޅުއްވިޔަސް، ހަމަ ޖަވާބު ދެއްވަ އެވެ. އަނެއްކޮޅުން، ރާއްޖެ އިން ބޭރުގައި ހުންނެވިޔަސް ޖަވާބު ދެއްވަ އެވެ. އެހާ ވެސް ފުރިހަމަ އެވެ.

އެހެން ނަމަވެސް، މަޖިލިސް އިންތިޚާބާ އެކު އެކަން ނިމިއްޖެ އެވެ. މިހާރު ރައީސް ޖަވާބު ދެއްވާ މަންޒަރެެއް ނުފެނެ އެވެ. ސީދާ ރައީސާ ސުވާލު ކުރެވޭ ގޮތަށް ޤާއިމުކޮށްފައިވާ ޕޯޓަލަށް އާންމު ރައްޔިތުން ފޮނުވާ ސުވާލުތަކަށް އިޖާބަ ދޭނެ ހަމަ އެކަކު ވެސް ސަރުކާރުގައި ނެތީ އެވެ. އެ ސުވާލުތަކުގެ ޖަވާބު ނުލިބިގެން އާންމުން ޝަކުވާކޮށް، ކަންބޮޑުވުން ފާޅުކުރަން ފެށުމާއެކު، ދެން ބުނަނީ އެ ސުވާލުތަކުގެ މައުލޫމާތު އެއްކުރަން ޖެހޭތީ ލަސްވަނީ ކަަމަށެވެ.

ހަމަ އަޖައިބުވެއްޖެ އެވެ. މީގެ ކުރިން ކުރިހާ ސުވާލަކަށް ޖަވާބު ދެއްވަން މައުލޫމާތު ވެސް ހޯދައްވަ އެވެ. ހިސާބު ވެސް ޖައްސަވަ އެވެ. އެކަމަކު، މިހާރު އެކަން ނުކުރައްވަނީ ކޮން ސަބަބަހާ ހުރެ އެވެ. ވިސްނާ ފިކުރު ކުރި ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ. އެއީ ރައީސް އަދި ސަރުކާރުން މަޖިލިސް އިންތިޚާބާ ދިމާކޮށް ޖައްސަވާލި ކަޑައެކެވެ. މޮޅު ކަޑައެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
50%
0%
0%
50%
ކޮމެންޓް