Advertisement
ކ. މާލެ
|
16 މެއި 2024 | ބުރާސްފަތި 12:49
ހުޅުމާލެގެ މަގުގައި ޕާކުކޮށްފައި އޮތް ވެހިކަލަކުން މަރުވެފައި އޮތް މީހަކު ފެނުން
ހުޅުމާލެގެ މަގުގައި ޕާކުކޮށްފައި އޮތް ވެހިކަލަކުން މަރުވެފައި އޮތް މީހަކު ފެނުން
ސޯޝަލްމީޑިއާ
ފުލުހުންގެ ޚިދުމަތް
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ބެލި ބެލުމުން ފާހަގަވެފައި ނުވޭ
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވޭ

ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ފާހަގަވެފައިނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ، ވެހިކަލް ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ބަންގްލަދޭޝް މީހެއް ކަމަށެވެ. އޭނާ ފެނިފައިވަނީ ހުޅުމާލެ ފޭސް-1 ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް ވޭނެއްގެ ތެރެއިންނެވެ.

އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް މިހާތަނަށް ބެލި ބެލުމުން ފާހަގަވެފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ، އޭނާގެ ހަށިގަނޑާމެދު އަމަލު ކުރާނެ ގޮތަކާއި މެދު އާއިލާއާ ވާހަކަ ދައްކަމުންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް