ކ. މާލެ
|
15 މެއި 2024 | ބުދަ 19:41
އަލްޖަޒީރާއިން ބުނާ ގޮތުގައި މިހާތަނަށް ރަފާ ސިޓީ ދޫކޮށް 450،00ށް ވުރެ ގިނަ ފަލަސްތީން ރައްޔިތުން އެހެން ސަރަހައްދުތަކަށް ހިނގައްޖެ
އަލްޖަޒީރާއިން ބުނާ ގޮތުގައި މިހާތަނަށް ރަފާ ސިޓީ ދޫކޮށް 450،00ށް ވުރެ ގިނަ ފަލަސްތީން ރައްޔިތުން އެހެން ސަރަހައްދުތަކަށް ހިނގައްޖެ
އަލް ޖަޒީރާ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
އިޒްރޭލުގެ ހަމަލާތައް ނުރައްކާވެ ރަފާ ސިޓީ ދޫކޮށް ފަލަސްތީންގެ އެތައް ސަތޭކާ ހާސް މީހުން ހިޖްރަކުރަނީ
ހަމާސް އިންވެސް އިޒްރޭލުންވެސް ބުނަނީ ހަމަލާތަކުގައި ދުޝްމަނުންގެ އެތައް ބަޔަކު މަރާލެވިއްޖެ ކަމަށް

އިޒްރޭލް ސިފައިން ގާޒާގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމައިން ސަލާމަތްވާން އެތައް ސަތޭކަ ހާސް މީހުން ރަފާ ސިޓީ ދޫކޮށް ހިޖްރަކުރަމުން އެބަދެއެވެ.

ބަޑީގެ ހަމަލާތައް ގާޒާގެ އުތުރުގައި އޮންނަ ޖަބާލިއާގެ އިތުރުން ރަފާ ސިޓީގެ ދެކުނުގެ ސަރަހައްދުތަކުގައި ވަނީ ވަރުގަދަވެފައެވެ.

ހަމާސް އިންވެސް އިޒްރޭލުންވެސް ބުނަނީ ހަމަލާތަކުގައި ދުޝްމަނުންގެ އެތައް ބަޔަކު މަރާލެވިއްޖެ ކަމުގައެވެ.

އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭޣައި ފަލަސްތީންގެ 82 އާންމުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ގިނައީ އެއްވެސް ބެލުމެއްނެތި އިޒްރޭލް ސިފައިން ވައިގެ މަގުން ދޭ ހަމަލާ ތަކުގައި މަރުވި މީހުންނެވެ.

އަލްޖަޒީރާއިން ބުނާ ގޮތުގައި މިހާތަނަށް ރަފާ ސިޓީ ދޫކޮށް 450،00ށް ވުރެ ގިނަ ފަލަސްތީން ރައްޔިތުން އެހެން ސަރަހައްދުތަކަށް ހިނގައްޖެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 35،173 މީހުން މަރުވެފައިވެއެވެ. 79،061 މީހުން ޒަޚަމްވެފައިވެއެވެ.

- ކޮމެންޓް