ހުޅުމާލެ ފޭސް-1 ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ބުދަ ދުވަހު ފުލުހުން ބުނީ ހުޅުމާލެ ފޭސް-1 ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި މީހަކު ހަބަރު ހުސްވެފައި އޮއްވާ ފެނިގެން އެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެއީ ބިދޭސީ ފިރިނެހެނެއް ކަމަށެވެ.
މި މަައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހުޅުމާލެ ފޭސް-1 ސަހަރާ ކުރިމަތީ މަގުގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިފައިވާއިރު، މިދިޔަ ހޯމަ ދުވަހު މާލޭގެ ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި ވެސް މަރުވެފައި އޮތް އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ފެނިފައެވެ.