އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރުހިންގި މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.
ފުލުހުން ބުނީ ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އަދި އެ އަމުރާ ގުޅިގެން ހޯދަމުންދަނީ ޅ. ކުރެންދޫ / އޯޒޯން، މުޙައްމަދު އަޙްމަދު (39އ) ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުުހުން އޭނާ ހޯދަން އިއުލާންކުރީ އޭނާ ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 މެއި 15 ވަނަ ދުވަހުގެ 13:30 އަށް ކުރެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ. އެެހެންކަމުން މުޙައްމަދު އަޙްމަދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.