ކ. މާލެ
|
14 މެއި 2024 | އަންގާރަ 08:15
"ޕްލެއިން ވިތު ކޮރަލްސް" ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން
"ޕްލެއިން ވިތު ކޮރަލްސް" ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ފުޓުބޯޅައިގެ ތެރެއިން ތިމާވެއްޓާ ހޭލުންތެރި ކުރުވާ ޕްރޮގްރާމެއް ފ.އަތޮޅުގައި
މިދިޔަ ހަފްތާގައި ފ.މަގޫދޫގައި މި ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވާއިރު، ފުރަތަމަ ޕްރޮގްރާމް ވަނީ ނިންމާލައިފައި

ފުޓުބޯޅައިގެ ތެރެއިން ތިމާވެއްޓާއި ގުޅުން ހުރި ބޮޑު ޕްރޮގްރާމެއް ފ.އަތޮޅުގައި ފަށައިފި އެވެ.

ފ.އަތޮޅުގެ ފަސް ރަށަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ނަމަކީ، "ޕްލެއިން ވިތް ކޮރަލްސް" އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔުއެފާ)ގެ ޔުއެފާ ފޯ ޗިލްޑްރަންގެ އިތުރުން، އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާ އަދި ޔޫރަޕުގެ މަޝްހޫރު ފުޓުބޯޅަ ކުލަބެއް ކަމަށްވާ އިންޓަ މިލާން ގުޅިގެންނެވެ.

ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން، ފުޓުބޯޅައިގެ ތެރެއިން ކުޑަކުދިންނަށް މޫސުމާއި، ކަނޑުފަޅު އަދި ތިމާވެއްޓަށް ހޭލުންތެރިކަން އިތުރު ކުރުވައި، ތިމާވެއްޓަށް ސަމާލުކަން ދިނުމުގެ ގޮތުން ކުރެވޭނެ ކަންތައްތައް ދަސްކޮށްދޭނެ އެވެ. މި ޕްރޮގްރާމްގައި އެ އަތޮޅުގެ ފަސް ރަށުގެ ކައުންސިލްތަކާއި، ސްކޫލްތަކުން ވެސް ބައިވެރިވެ އެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އިތުރުން، ތައުލީމީ ވުޒާރާ އިން މި ޕްރޮގްރާމް ވަނީ އެންޑޯޒްކޮށްފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ކަންތައްތަކުގެ ތެރޭގައި، ކަނޑުފަޅު އަދި އެ ތަންތަނުގެ ދިރުންތައް ހިމާޔަތް ކުރުމުގެ އިތުރުން، އެފަދަ ތަންތަން ރައްކާތެރި ކުރުމާއި، ދިރުވާ އާލާކުރުމުގެ ހުނަރުތައް ދަސްކޮށްދިނުން ހިމެނެ އެވެ. ހަމައެހެންމެ، ފުޓުބޯޅަ ކުޅުމުގެ ހުނަރުތަކާއި އުކުޅުތައް ކުދިންނަށް ދަސްކޮށްދީ، ކުޅިވަރުގެ ތެރެއިން އިޖުތިމާއި، އަދި ފަރުދީ ގޮތުން ހުންނަ ހުނަރުތަށް ދަސްކޮށްދިނުން ވެސް ހިމެނެ އެވެ.

މިދިޔަ ހަފްތާގައި ފ.މަގޫދޫގައި މި ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވާއިރު، ފުރަތަމަ ޕްރޮގްރާމް ވަނީ ނިންމާލައިފަ އެވެ. އެ މުއްދަތުގައި ވަނީ ކޮންމެ އެ އަތޮޅުގެ ކޮންމެ ރަށަކުން ހަތަރު ޓްރެއިނަރުން ވެސް ތަމްރީނުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް