ކ. މާލެ
|
13 މެއި 2024 | ހޯމަ 12:51
އައްޑޫސިޓީގެ މަތިކިޅި އިކޯގާރޑަން
އައްޑޫސިޓީގެ މަތިކިޅި އިކޯގާރޑަން
ފޭސްބުކް
މަތިކިޅި އިކޯގާރޑަންއަށް ވަނުމަށް ފީނަގަން ފެށުން
އައްޑޫސިޓީގެ މަތިކިޅި އިކޯގާރޑަންއަށް ވަނުމަށް ފީ ނަގަން ފަށައިފި
އެންޓްރެންސް ފީގެ ގޮތުގައި ދިވެހި ރައްޔިތުންގެ އަތުން ބޮލަކަށް ނަގާނީ 10 ރުފިޔާ
ފަތުރުވެރިންގެ އަތުން 50 ރުފިޔާ، ވޯރކް ވިސާގައި ތިބޭ މީހުންގެ އަތުން 15 ރުފިޔާ ނަގާނެ
އީކޯގާރޑަން ކުއްޔަށް ދޫކުރެވޭނީ މަދުވެގެން 3 ގަޑިއިރަށް

އައްޑޫސިޓީގެ މަތިކިޅި އިކޯގާރޑަންއަށް ވަނުމަށް ފީ ނަގަން ފަށާފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ މަތިކިޅި އިކޯގާރޑަންއަށް ވަނުމަށް ފީއެއް ނެގުމަށް ކައުންސިލުން ފާސްކުރީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ކަމަށެވެ. އަދި އޭރު ފާސްކުރި އުސޫލުގެ ދަށުން 12 އޭޕްރީލް 2024 އިން ފެށިގެން ޕާކަށް ވަނުމަށް ފީ ނަގަން ފަށާފައިވާ ކަމަށެވެ.

މަތިކިޅި އިކޯގާރޑަންއަށް ވަނުމަށް އެންޓްރެންސް ފީ ނަގާނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓަކަށް އިކޯގާރޑަންއަށް ވަދެވޭނީ ގިނަވަގެން 45 މިނެޓަށެވެ.

މިއުސޫލުގައި ބުނެފައިވަނީ ޓިކެޓް ވިއްކާނީ 2 ގިންތިއަކަށް ކަމަށެވެ. އެގޮތުން އެންޓްރެންސް ފީގެ ގޮތުގައި ދިވެހި ރައްޔިތުންގެ އަތުން ބޮލަކަށް ނަގާނީ 10 ރުފިޔާއެވެ. ރާއްޖެއިން ބޭރު މީހުންގެ އަތުން ނުވަތަ ފަތުރުވެރިންގެ އަތުން އެންޓްރެންސް ފީގެ ގޮތުގައި ނަގާނީ 50 ރުފިޔާއެވެ. އަދި ވޯރކް ވިސާގައި ތިބޭ މީހުންގެ އަތުން އެންޓްރެންސް ފީގެ ގޮތުގައި ނަގާނީ 15 ރުފިޔާއެވެ.

މީގެ އިތުރުން ޕާޓީތަކާއި ހަފްލާތައް ބޭއްވުމަށް މަތިކިޅި އިކޯގާރޑަން ކުއްޔަށް ދޫކުރަން ވެސް ވަނީ ނިންމާފައެވެ. އުސޫލުގައި ބުނެފައިވަނީ މަތިކިޅި އީކޯގާރޑަން ކުއްޔަށް ދޫކުރެވޭނީ މަދުވެގެން 3 ގަޑިއިރަށް ކަމަށެވެ. ތިންގަޑިއިރަށް އިކޯގާރޑަން ކުށްޔަށް ދޫކުރެވޭނީ 800 ރުފިޔާ އަށެވެ. އަދި ތިން ގަޑިއިރަށްވުރެ އިތުރުވާ ކޮންމެ ގަޑިއިރަކަށް 100 ރުފިޔާ ނެގޭނެ ކަމަށާއި، ގަޑިއިރެއް ސީދާ ހަމަނުވި ނަމަވެސް އެ ފީ ނެގޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައި ބުނެފައިވަނީ މަތިކިޅި އިކޯގާރޑަންއިން ނެގޭ ފީ ބޭނުންކުރާނީ އެ ޕާކު ތަރައްގީ ކުރުމާއި، ބެލެހެއްޓުމަށް ކަމަށެވެ. އަދި އިކޯގާރޑަންއިން ލިބޭ އާމްދަނީ ޖަމާކުރެވޭނީ އައްޑޫ ކޮންޒަރވޭޓިވް ޓްރަސްޓް ފަންޑަށް ކަމަށް ބުނެފައިވެއެވެ.

މި އުސޫލުގެ ބޭނުމަކީ މަތިކިޅި އިކޯގާރޑަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި އަދި އެތަނުގެ ވަކިވަކި ސަރަހައްދުތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރާނެ ލުއި ފަސޭހަ ގޮތްތައް ބަޔާންކޮށް ރޭވުންތެރިކަމާއި ހަރުދަނާކަމާއެކީ ދެފުށް ފެންނަ ގޮތަށް އުސޫލުތައް ގާއިމްކުރުން ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް