ކ. މާލެ
|
12 މެއި 2024 | އާދީއްތަ 18:32
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ފަހު ޖަލްސާ ހޯމަ ދުވަހު
ފަހު ޖަލްސާގައި މެންބަރުންނަށް ވަހަކަ ދެއްކުމުގެ ފުރުސަތު ދެވިގެންދާނެ
ކޮމިޓީ މަރުހަލާއިން ނިންމާފައިވާ 10 ކަމެއް ހިމެނޭ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ނެރެފައިވާ އެޖެންޑާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް އެ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މި ޖަލްސާ އަކީ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ އެންމެ ފަހު ޖަލްސާ ކަމަށް ވުމާއެކު، އަދި މި ޖަލްސާ އަކީ 2019 ވަނަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހު އެކުލަވާލެވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެފަހު ޖަލްސާ ކަމަށްވާތީ މެންބަރުންނަށް ވާހަކަދެއްކެވުމަށް ފުރުޞަތުއެރުވޭނެ ކަމަށެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އިބްތިދާއީ ބަހުސްގެ ގޮތުގައި އެޖެންޑާކޮށްފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖެއަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ޓޫރިސްޓް ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް / އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަންގެ ޚިދުމަތްތަޢާރަފްކުރުމަށް ގޮވާލައި ހުށަހަޅާ ޤަރާރެވެ.

ނުނިމި ހުރި މަސައްކަތުގެ ތެރޭގައި ހިމެނެނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދެވުމެވެ.

ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި 10 ކަމެއް ވަނީ ހިމަނާފައެވެ. އަދި ދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުން އޮންނާނެއެވެ.

ނިމިގެން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މުހިންމު މަސައްކަތެއް ވެރިކަން ބަދަލުވުމުގެ ކުރިން ކޮށްފައިވެއެވެ. މީގެ ތެރޭގައި މުހިންމު ބިލްތަކެއް ފާސްކޮށް ގާނޫނު ހަދާފައިވެއެވެ. ނަމަވެސް ވެރިކަން ބަދަލުވި ފަހުން މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ގިނަ ދުވަސްތަކެއް ވަނީ ޖަލްސާތައް ކެންސަލްކޮށްފައެވެ.

- ކޮމެންޓް