ކ. މާލެ
|
12 މެއި 2024 | އާދީއްތަ 16:17
މަންމައިންގެ ދުވަހާއި ގުޅިގެން ޑިސްކައުންޓް ދީފައިވާ ބައެއް ޕްރޮޑަކްޓްތައް
މަންމައިންގެ ދުވަހާއި ގުޅިގެން ޑިސްކައުންޓް ދީފައިވާ ބައެއް ޕްރޮޑަކްޓްތައް
ރާއްޖެއެމްވީ
މަންމައިންގެ ދުވަސް
ބޮޑެތި ޑިސްކައުންޓްތަކާއެކު މަންމައިންގެ ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ލެކިއުޓްގައި
3000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށްވެސް ލެކިއުޓްގެ ފަރާތުން ހާއްސަ އިނާމެއް ލިބިގެންދާނެ

ބޮޑެތި ޑިސްކައުންޓްތަކާ އެކު މަންމައިންގެ ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ލެކިއުޓްގައި ފަށައިފިއެވެ.

ޕްރޮމޯޝަނައި ގުޅޭގޮތުން ވާހަކަ ދައްކަމުން، ލެކިއުޓުގެ މާކެޓިންގެ ފަރާތުން އައިޝަތު ޝިތާ އަބްދުﷲ ވިދާޅުވީ ޕްރޮމޯޝަން ފަށާފައިވަނީ 10 ވަނަ ދުވަހު ކަމަށެވެ. އަދި މި ޕްރޮމޯޝަން 12 ވަނަ ދުވަހުގެ ރޭ 12:00ށް ނިމޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕްރޮމޯޝަންގެ ދަށުން، ފްލޯމާއިން 40 އިންސައްތައިގެ ޑިސްކައުންޓެއް ދޭއިރު، ގޯޝްގެ އުފެއްދުންތަކުން 30 އިންސައްތަ ޑިސްކައުންޓް އަދި އާބެން ކެއަރގެ އިސްތަށިގަނޑާއި ގުޅުންހުރި ޕްރޮޑަކްޓްތަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް ހަމަޖައްސާފައިވާ ކަމަށެވެ.

ޝިތާ ވިދާޅުވީ 3000 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށްވެސް ލެކިއުޓްގެ ފަރާތުން ހާއްސަ އިނާމެއް ލިބިގެންދާނެ ކަމަށެވެ.

މި ގިފްޓް ބޮކްސްގައި "ލޯބިވާ މަންމައަށް" ޖަހާފައި އިންނަ ގިފްޓެއް ލިބިގެންދާނެ. މިރޭ 12 ޖަހަންދެން ޕްރޮމޯޝަން ކުރިއަށްދާނެ. މީގެ އިތުރުން އޮންލައިންކޮށް ވެސް އޯޑަރުކޮށްލެވޭނެ. މާލެ އަދި ހުޅުމާލެއަށް ޑެލިވަރީ ވެސް ކޮށްދޭނެ.
އައިޝަތު ޝިތާ އަބްދުﷲ

ލެކިއުޓުން ބުނީ މަންމައިންގެ ދުވަހަށް ހާއްސަކޮށް، ބޮޑެތި ޑިސްކައުންޓްތަކެއް ދީފައިވަނީ އެންމެ މަގުބޫލުކު އުފެއްދުންތަކުން ކަމަށެވެ. މީގެ ތެރޭގައި މަންމަމެން އެންމެ އާންމުކޮށް ބޭނުންކުރާ ޕްރޮޑަކްޓްތައް ހިމެނޭނެ ކަމަށް ވެސް ލެކިއުޓުން ބުނެއެވެ.

ލެކިއުޓަކީ އޮރިޖިނަލް އަދި މަޝްހޫރު ބްރޭންޑުތަކުގެ ސެންޓާއި، ރީތިވާން ބޭނުންކުރާ ސާމާނު ވިއްކާ ފިހާރައެކެވެ. އަދި ކޮލިޓީ އަގުހެޔޮ ތަކެތި މިތަނުން ލިބެން ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް