Advertisement
ކ. މާލެ
|
12 މެއި 2024 | އާދީއްތަ 01:57
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން
އެމްއެންޑީއެފް
އިންޑިއާ ސިފައިން
ސިވިލް މީހުން ގެނެސްފައިވަނީ ރާއްޖެއިން އެދިގެން އެއްބަސްވުމެއްގެ ތެރެއިން!
ސިވިލިއަނުންގެ ތެރެއިން އެމީހުން ތިބޭނެ އެންމެ ފަހު ތާރީހަކީ ފެބްރުއަރީ 2026
ލެޓަރ އޮފް އެކްސްޗޭންޖަށް އިތުރަށް ބަދަލެއް ނުގެންނަހާ ހިނދަކު އޭގައި މުއްދަތެއް އޮންނާނެ

ސިވިލް މީހުން ގެނެސްފައިވަނީ ރާއްޖެއިން އެދިގެން އެއްބަސްވުމެއްގެ ތެރެއިން ކަމަށާއި، ސިވިލް މީހުން ތިބޭނެ މުއްދަތެއް އޮތް އިރު މިކަމުގެ ބޭނުންތެރިކަމަށް ބަލާފައި މުއްދަތު އިތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ފޮނުވާލި ސިފައިންގެ ބަދަލުގައި ސިވިލިއަނުން ގެނެސްފައިވާ ކަމަށެވެ. އަދި ފޮނުވާލި ކޮންމެ ސިފައިންގެ މީހަކަށް ސިވިލް މީހެއް ގެނެސްފައިވާ ކަމަށާއި، ކުރިންވެސް މިކަމަށް ގެނެސްފައިތިބީ ބޭނުންވާ އަދަދަށް މީހުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސިވިލިއަނުންގެ ގޮތުގައި އައި މީހުން ތިބޭނީ އައްޑޫ ގަމުގައި 26 މީހުން ކަމަށާއި، ހދ. ހަނިމާދޫގައި 25 އަދި ލ. ކައްދޫގައި 25 މީހުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސިވިލް މީހުން ތިބޭނެ މުއްދަތެއް ކަނޑައެޅިފައިވާ ކަމަށާއި، އެންމެ ފަހުން މި ސަރުކާރުން އިންޑިއާ ސަރުކާރާއެކީގައި ސޮއިކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖުގައި އެ މުއްދަތުވާނެ ކަމަށެވެ.

މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ލެޓަރ އޮފް އެކްސްޗޭންޖަށް އިތުރަށް ބަދަލެއް ނުގެންނަހާ ހިނދަކު އޭގައި މުއްދަތެއް އޮންނާނެ ކަމަށެވެ.

Advertisement

- ލ. ކައްދޫގައި ތިބި މީހުންގެ މުއްދަތު ހަމަވާނީ 2025ގެ ފެބްރުއަރީގައި

- ސ. ގަމުގައި ތިބި މީހުންގެ މުއްދަތު ހަމަވާނީ 2025ގެ ފެބްރުއަރީގައި

- ހދ. ހަނިމާދޫގައި ތިބި މީހުންގެ މުއްދަތު ހަމަވާނީ 2026ގެ ފެބްރުއަރީގައި

މިނިސްޓަރ ޒަމީރު ވިދާޅުވީ މިކަމުގެ ބޭނުންތެރިކަން އޮތްގޮތެއް ބަލާފައި އިތުރަށް އިންޑިއާ ސަރުކާރާއެކު ވާހަކަ ދައްކާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް