ކ. މާލެ
|
10 މެއި 2024 | ހުކުރު 11:58
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް- ފައިލް ފޮޓޯ
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް- ފައިލް ފޮޓޯ
ޕޮލިސް މީޑިޔާ
މަސްތުވާތަކެތީގެ އޮޕަރޭޝަން
ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 8 މީހަކު ހައްޔަރުކޮށްފި
 
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން
 
މި އެންމެންނަކީ ވެސް ދިވެހިން
 
ހައްޔަރުކުރީ 7 ފިރިހެނުންނާއި އެއް އަންހެނެއް

ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 8 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ-ފޭސް1 ގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 7 ފިރިހެނުންނާއި އެއް އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. މި އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް