ކ. މާލެ
|
7 މެއި 2024 | އަންގާރަ 12:50
އިޒްރޭލް ސިފައިން ރަފާއަށް ވައިގެ މަގުން ހަމަލާތައް ދޭން ފެށުން
އިޒްރޭލް ސިފައިން ރަފާއަށް ވައިގެ މަގުން ހަމަލާތައް ދޭން ފެށުން
އޭއެފްޕީ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
އިޒްރޭލުން ރަފާއަށް ބޮން އަޅަނީ، މިސްރާއި ގަތަރުގެ ސުލްހައިގެ ހުށަހެޅުން ހަމާސް އިން ގަބޫލުކޮށްފި
 
ވައިގެ މަގުން ރަފާއަށް އިޒްރޭލް ސިފައިން ދޭންފެށި ހަމަލާތަކުން ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި ހާމަވެފައެއް ނުވޭ
 
އިޒްރޭލްގެ ސިފައިން ބުނެފައިވަނީ، ރަފާ ހިފުމަށް އޮތް ޕްލޭނާ އެއްގޮތައް ރާވާފައިވާ ގޮތައް އިޒްރޭލުން ހިންގާ އޮޕަރޭޝަން ކުރިއަށްދާނެ ކަމުގައި

އިޒްރޭލް ސިފައިން ރަފާއަށް ވައިގެ މަގުން ހަމަލާތައް ދޭން ފަށައިފިއެވެ.

އިޒްރޭލް ސިފައިން ހަމާސް އާ ދެކޮޅަށް ރަފާގެ އިރުމަތީ ސަރަހައްދުގެ ބައެއް ތަންތަނަށް ބޮން އެޅިކަމަށް ހޯމަ ދުވަހުގެ ރޭ ވަނީ ބުނެފައެވެ.

ވައިގެ މަގުން ރަފާއަށް އިޒްރޭލް ސިފައިން ދޭންފެށި ހަމަލާތަކުން ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި ހާމަވެފައެއް ނުވެއެވެ.

އިޒްރޭލްގެ ހަމަލާތައް ވަރުގަދަ ވަމުންދާއިރު، މިސްރާއި ގަތަރު މެދުވެރިވެގެން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ހަމާސް އިން ގަބޫލު ކުރާކަން އެ ގްރޫޕްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ވަނީ ހާމަކޮށްފައެވެ. ހަމާސް އިން އެއްބަސްވި ކަންކަމުގެ ތަފްސީލް ހާމައެއް ނުކުރެއެވެ.

އިޒްރޭލްގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވަނީ މި ހުށަހެޅުމަކީ އިޒްރޭލުން ބޭނުންވާ މިންވަރާ ގާތައްވެސް އޮތް ހުށަހެޅުމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މަޝްވަރާއަށް މިސްރަށް އިޒްރޭލުގެ ވަފްދެއް ދާނެ ކަމަށެވެ.

އިޒްރޭލްގެ ސިފައިން ބުނެފައިވަނީ، ރަފާ ހިފުމަށް އޮތް ޕްލޭނާ އެއްގޮތައް ރާވާފައިވާ ގޮތައް އިޒްރޭލުން ހިންގާ އޮޕަރޭޝަން ކުރިއަށްދާނެ ކަމުގައެވެ.

ރަފާ އަށް އިޒްރޭލް ސިފައިން އެރުން ޕިކްނިކަކަށް ނުވާނެ ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.

ހަމާސް އިން ބުނެފައިވަނީ ފަލަސްތީން ރައްޔިތުން ހިމާޔަތް ކުރުމަށް އެޖަމާއަތުން ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 34،735 މީހުން މަރުވެފައިވެއެވެ. 77،108 މީހުން ޒަޚަމްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި
ގާޒާގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ފެނާއި ކާނާ ލިބުން ހުއްޓިއްޖެ
އިޒްރޭލުގެ ހަމަލާތައް ނުރައްކާވެ ރަފާ ސިޓީ ދޫކޮށް ފަލަސްތީންގެ އެތައް ސަތޭކާ ހާސް މީހުން ހިޖްރަކުރަނީ