ކ. މާލެ
|
7 މެއި 2024 | އަންގާރަ 12:47
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ޓްވިޓަރ
މެންޗެސްޓަރ ޔުނައިޓެޑު
ޔުނައިޓެޑުގެ ކުޅުން މިހާރަށްވުރެ ރަނގަޅު ވާން ޖެހޭ: ޓެން ހާގް
 
ޕެލަސް އަތުން ވީ ބައްޔަށް އިޝާރާތް ކުރަމުން ޓެން ހާގް ބުނީ، އެއީ އިންތިހާ އަށް ލަދުވެތި ބައްޔެއް ކަމަަށް

މިހާރަށްވުރެ ބޮޑަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކުޅުން ރަނގަޅު ވާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އޭނާ މިހެން ބުނީ، އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން ޔުނައިޓެޑު ވަނީ 4-0 ގެ ލަދުވެތި ނަތީޖާ އަކުން ބަލިވެފަ އެވެ.

ޓެން ހާގް ބުނީ، ޔުނައިޓެޑުގެ ކުޅުން އަދި ނަތީޖާ މިހާރަށްވުރެ ރަނގަޅު ވާން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ޓީމުގައި ކުޅެވޭ ފެންވަރުގައި ތިބި ކުޅުންތެރިން ވެސް، އެމީހުންގެ ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމުގައި އޭނާ ބުންޏެވެ. ޕެލަސް އަތުން ވީ ބައްޔަށް އިޝާރާތް ކުރަމުން ޓެން ހާގް ބުނީ، އެއީ އިންތިހާ އަށް ލަދުވެތި ބައްޔެއް ކަމަަށެވެ. އެ މެޗުގައި ޔުނައިޓެޑުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ، އެއްވެސް ވަރަކަށް އުންމީދު ކުރި ވަރުގެ ކުޅުމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ، ޓީމުގައި ކުޅެވޭ ފެންވަރުގައި ތިބި ކުޅުންތެރިންނާއެކު، ކުރިއަށް ދިޔުމުގައި އޭނާ ދެމި ހުންނާނެ ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓާލުމެއް ނެތި، ކުރިއަށް ގެންދާނެ ކަމުގައި ވެސް އޭނާ ބުންޏެވެ. ޔުނައިޓެޑުގެ ޑިފެންސްގައި ދިމާވާ މައްސަލަތައް އެންމެނަށް ވެސް ފެންކަން ފާހަގަކޮށް ޓެން ހާގް ބުނީ، އެކަންކަމާއެކު ވެސް ކުރިއަށް ދާން ޖެހޭ ކަމަށެވެ.

ޕެލަސް އަތުން ވީ ބައްޔާއެކު ޔުނައިޓެޑު ވަނީ ލީގު ތާވަލްގެ އަށް ވަނަ އަށް ވެއްޓިފަ އެވެ. މި ސީޒަންގައި ވެސް ޔުނައިޓެޑުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން، ސަޕޯޓަރުންގެ ނުރުހުން ޓެން ހާގަށް އަމާޒުވެ އެވެ. އަދި އަންނަ ސީޒަނަށް އެހެން ކޯޗެއް ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓު ވެސް ކޮށްފަ އެވެ. ނަމަވެސް ޓެން ހާގް ބުނަނީ، ޔުނައިޓެޑުގެ ކޯޗުކަމުގައި ހުންނާނީ އޭނާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް