ކ. މާލެ
|
6 މެއި 2024 | ހޯމަ 13:30
ސްކޭމް އެވެއާނަސް ރޯޑްޝޯވ
ސްކޭމް އެވެއާނަސް ރޯޑްޝޯވ
ޕޮލިސް
ސްކޭމް އެވެއާނަސް
ސްކޭމް އެވެއާނަސް ރޯޑްޝޯވ ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންގޮސްފި
 
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމުގެ ތަފާތު އެކި މެސެޖުތައް ދީފައިވޭ
 
ފޭސް 1 އަދި ފޭސް 2 ގައި ގިނައިން މީހުން އެއްވެއުޅޭ ސަރަހައްދުތަކުގައި މައުލޫމާތު ދީފައިވޭ

ސްކޭމް މައްސަލަތައް އިތުރުވަމުންދާތީ ރައްޔިތުން ހޭލުންތެރި ކުރުވުމަށް ހުޅުމާލޭ އަވައްޓެރި ފުލުހުން އިސްނަގައިގެން ސްކޭމް އެވެއާނަސް ރޯޑް ޝޯވ އެއް ކުރިޔަށް ގެންގޮސްފިއެވެ.

މި މަހު 4 އަދި 5 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ގިނައިން މީހުން އެއްވެއުޅޭ ސަރަހައްދުތަކުގައި މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމުގެ ތަފާތު އެކި މެސެޖުތައް ދީފައިވެއެވެ. އަދި މައުލޫމާތު ހިމެނޭ ބެޖު، ލީފްލެޓް، ކާޑު އަދި ފުލުހުންގެ ކަލަންޑަރު ހަދިޔާކޮށްފައިވެއެވެ.

އޭގެ އިތުރުން، މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމަށް ވުމާއެކު މި ދުވަސްވަހު ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

ހުޅުމާލޭ ފޭސް 1 އަދި 2 ގެ އަވައްޓެރި ފުލުހުންނާއި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓު ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ރައްޔިތުންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި