ކ. މާލެ
|
5 މެއި 2024 | އާދީއްތަ 14:44
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރުމުގެ ތެރެއިން
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރުމުގެ ތެރެއިން
އިކޮނޮމިކް މިނިސްޓްރީ
ޓްރޭޑްމާކުގެ ހައްޤުތައް
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ
ޓްރޭޑްމާކް ރަޖިސްޓްރީ ކުރުމުގައި ބަލަންޖެހޭ ކަންކަމާއި، ރަޖިސްޓްރޭޝަން ޕްރޮސެސް ހިނގާގޮތުގެ މައުލޫމާތު ދީފައިވޭ

ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބުނީ، މި ތަމްރީނަކީ އެ މިނިސްޓްރީއާއި ޔުނައިޑެޓް ސްޓޭޓްސް ޕޭޓަންޓް އެންޑް ޓްރޭޑްމާރކް އޮފީސް (ޔޫ.އެސް.ޕީ.ޓީ.އޯ) އާއި މޯލްޑިވްސް ކަސްޓަމްސް ސާރވިސް ގުޅިގެން ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީން ކުރުމަށާއި، އަދި މިހާރު އެކުލަވާލައި މަޖިލީހަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ޓްރޭޑްމާކާއި ބެހޭ ބިލާމެދު ކަމުގެ މާހިރުންނާއެކު ހިޔާލުބަދަލުކޮށް މަޝްވަރާކުރުމަށްޓަކައި 2024 މެއި 5ން 6ށް 2 ދުވަހަށް ކުރިއަށްގެންދާ ސެމިނާއެއް ކަމަށެވެ.

މި ސެމިނާގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މޯލްޑިވްސް ކަސްޓަމްސް ސާރވިސް، އެޓާނީ ޖެނެރަލްގެ އޮފީސް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ޔޫތު، މޯލްޑިވްސް ޕޮލިސް ސާރވިސް، ބާ ކައުންސިލް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މުވައްޒަފުން ބައިވެރިވެއެވެ.

މި ސެމިނާގައި ޓްރޭޑްމާކު ރަޖިސްޓްރީ ކުރުމުގައި ބަލަންޖެހޭ ކަންކަމާއި، ރަޖިސްޓްރޭޝަން ޕްރޮސެސް ހިނގާގޮތާއި، ރަޖިސްޓްރީކުރުމުގައި  ދިމާވަ ދަތިތަކާއި ގުޅޭގޮތުން ސެމިނާގެ ބައިވެރިންނަށް މައުލޫމާތު ދެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ، ވިޔަފާރިތަކަށް އެންމެ ފުރިހަމަ ގޮތުގައި ފިކުރީމުދަލުގެ ނަފާ ލިބޭނެގޮތް ހޯދައިދީ، ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަށް ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލަށް އިތުބާރު ހޯދައިދިނުމަށްޓަކައި ފިކުރީމުދާ ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްޤުތަކުގެ ޤާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ފޮނުވާފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އަދި މިއަހަރުތެރޭގައި ޓްރޭޑްމާކާ ބެހޭ ބިލް މަޖިލީހަށް ފޮނުވުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށާއި ޕޭޓަންޓާ ބެހޭ ބިލަކާއި، ޖިއޯގްރަފިކަލް އިންޑިކޭޝަންސް އާއި ބެލޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އަދަބީ އަދި ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންކުރާ މަސައްކަތަށް ރޯޔަލްޓީ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކަލެކްޓިވް މެނޭކްމަންޓް އޯގަނައިޒޭޝަނެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް