ކ. މާލެ
|
5 މެއި 2024 | އާދީއްތަ 14:19
ފައިސާ ދައްކާނެކަމަށް ބުނެ ވީޑިއޯއެއް ކުޅުމަކީ ހެޔޮ ނިޔަތަށްވުރެ ބޮޑަށް ދެއްކުންތެރިކަން ފެންނަ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން
ފައިސާ ދައްކާނެކަމަށް ބުނެ ވީޑިއޯއެއް ކުޅުމަކީ ހެޔޮ ނިޔަތަށްވުރެ ބޮޑަށް ދެއްކުންތެރިކަން ފެންނަ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން
ސޯޝަލްމީޑިއާ
އަމިއްލައަށް ގާނޫނު ތަންފީޒުކުރުން
ފެނުނީ ދެއްކުންތެރިކަން، މަޖިލިސް މެންބަރުންނަށްވެސް އަމިއްލައަށް ގާނޫނު ތަންފީޒުކުރުމުގެ ބާރެއް ނޯންނާނެ
 
އިމްރާން ލަތީފް ހާޒިރުވެ ޝެއިހް އިމްރާނާއި ޑްރައިވަރު ފަޟީހަތް ކުރުމަށް މަސައްކަތް ކުރިކަމަށް އަދާލަތުން ބުނޭ
 
ޝެއިހް އިމްރާނާއި ޕިކަޕް ޑްރައިވަރު މަޑުކޮށްގެން ތިިއްބެވީ ފުލުހުން އެތަނަށް އަންނަންދެން
 
އެކަމާ ގުޅޭ ވީޑިއޯތައްވެސް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުން

ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާންގެ ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމުން ޝެއިހް އިމްރާނާއި ޕިކަޕް ޑްރައިވަރު މަޑުކޮށްގެން ތިިއްބެވީ ފުލުހުން އެތަނަށް އަންނަންދެނެވެ. އެހެންނަމަވެސް އެތަނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް ހާޒިރުވެ ޝެއިހް އިމްރާނާއި ޑްރައިވަރު ފަޟީހަތް ކުރުމަށް މަސައްކަތް ކުރިކަމަށް ޝެއިހް އިމްރާން ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

އެކަމާ ގުޅޭ ވީޑިއޯތައް ވެސް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ވީޑިއޯއިން ފެންނަނީ ޕިކަޕު ޑްރައިވަރަށް މައާފު ކުރުމަށްފަހު ދޫކޮށްލުމަށް ހެންވޭރު ދެކުނު ދާއިރާއަށް ޕީއެންސީން އިންތިޚާބުވި މެންބަރު އިމްރާން ލަތީފު ޝެއިޙް އިމްރާން އަރިހުން އެދޭ މަންޒަރެވެ. އޭނާ އެހެން އެދެނީ އެ މަންޒަރު ވީޑިއޯ ކުރަން ހުންނަ ފަރާތަށް އެއްޗެއް ކިޔާދޭ ބީދައިންނެވެ. އެގޮތުން ކާރު ހަދަން ބޭނުންވާނަމަ އޭނާ އަމިއްލައަށް ވެސް ފައިސާ ދައްކާނެ ކަމަށާއި، ދެން ހުރީ ފަގީރު "ނިކަމެތި" ރައްޔިތެއްކަމަށް އޭނާ އެ މަންޒަރު ވީޑިއޯ ކުރި ފަރާތަށް މުޚާތަބުކޮށް ބުނާ މަންޒަރު ވެސް ފެނެއެވެ. އޭރު ޝެއިޙް އިމްރާނު ވެސް އެތަނުގައި ހުންނެވި ނަމަވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އެކަމާ ގުޅިގެން ހިޔާލު ފާޅުކުރި ބައެއް މީހުން ބުނީ، މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅުމަކީ ދެރަ ކަމެއް ކަމަށެވެ.

އަދި ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް އާޑަފުރައްސާރަ ކުރުންފަދަ ކަންކަމަކީ, ޤާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމަޢުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަންކަމަށް އަދާލަތު ޕާޓީން ވެސް ބުނެފައިވެއެވެ.

އަދި އަމިއްލައަށް ޤާނޫނު ތަންފީޒުކުރަން އުޅުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންގެ ކިބައިން ވެސް އަދި ވަކިން ޚާއްސަކޮށް ޤާނޫނު ހެދުމުގެ ޒިންމާ ހަވާލުކުރެވޭ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ކަންކަމެއް ނޫންކަމަށް ވެސް އަދާލަތު ޕާޓީއާއި މިކަމާ ގުޅޭގޮތުން ހިޔާލު ފާޅު ކުރި އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ވަކިން ޚާއްސަކޮށް، ވީޑިއޯ ކުރި ފަރާތަށް މުޚާތަބުކޮށް އެ ވާހަކަތައް ދެއްކުމާއި، ކާރަށް ލިބުނު ގެއްލުމަށްވާ ފައިސާ ވެސް ދައްކަން ތައްޔާރަށް ހުރިކަމަށް ބުނުމަށް ފަހު، ވީޑިއޯއެއް ކުޅުމަކީ ހެޔޮ ނިޔަތަށްވުރެ ބޮޑަށް ދެއްކުންތެރިކަން ފެންނަ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އޭގެ އިތުރުން، މަޖިލިސް މެންބަރުންނަކީ ޤާނޫނު ހެދުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކަށްވާއިރު، އެގޮތުގެ މަތިން ހަދާފައިވާ ޤާނޫނުތަކަށް ބޯލެނބުމުގެ ބަދަލުގައި މަގުމަތިން ޤާނޫނު ތަންފީޒު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
33%
0%
0%
67%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން