ކ. މާލެ
|
5 މެއި 2024 | އާދީއްތަ 10:52
މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ އަދި ސުއަރޭޒް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ އަދި ސުއަރޭޒް އުފާ ފާޅު ކުރަނީ
ޓްވިޓަރ
މޭޖާ ލީގު ސޮކާ
މިއާމީ މޮޅުވި މެޗުގައި ސުއަރޭޒް ހެޓްރިކް ހެދިއިރު، މެސީގެ ފަސް އެސިސްޓު
 
މިއާމީން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 12 މެޗުން 24 ޕޮއިންޓު ހޯދައިގެން

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު) ގައި ނިއު ޔޯކް ރެޑް ބުލްސްއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ މިއާމީ މޮޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ކުޅުނު މެޗުން މިއާމީ މޮޅުވީ، 6-2 އިންނެވެ. މެޗުގައި އެ ޓީމަށް ކުޅެމުން އަންނަ އުރުގުއޭގެ ލުއިސް ސުއަރޭޒް ހެޓްރިކް ހެދިއިރު، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ފަސް ލަނޑު ޖެހުމަށް އެހީތެރިވެދީފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނިއު ޔޯކް ރެޑް ބުލްސް އިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ވަންޒެއިރް އެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި މިއާމީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މަތިއަސް ރޮޖާސް އެވެ. އޭނާ އެ ލަނޑު ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ދެ މިނެޓު ފަހުން މިއާމީ އަށް ލީޑު ނަގައިދިން ލަނޑު ޖެހީ މެސީ އެވެ. 62 ވަނަ މިނެޓުގައި މިއާމީގެ ތިން ވަނަ ލަނޑު ރޮޖާސް ޖެހީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގައި މިއާމީގެ ފަހު ތިން ލަނޑު ވެސް ޖެހީ ސުއަރޭޒް އެވެ. އެއީ މެޗުގެ 69 ވަނަ މިނެޓާއި، 75 ވަނަ މިނެޓު އަދި 81 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކުންނެވެ. އެ ތިން ލަނޑު ޖެހުމަށް ވެސް ސުއަރޭޒް އަށް ފުރުސަތު ތަނަވަސްކޮށްދިނީ މެސީ އެވެ. މެޗުގައި ނިއު ޔޯކް ރެޑް ބުލްސްގެ ފަހު ލަނޑު، އިތުރު ވަގުތުގައި ޖެހީ ފޯސްބާގް އެވެ.

މޮޅާއެެކު މިއާމީން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 12 މެޗުން 24 ޕޮއިންޓު ހޯދައިގެންނެވެ. މިއާމީގެ ފަހަތުން ދެ ވަނައިގައި އޮތް ސިންސިނާޓީ އަށް 21 ޕޮއިންޓު ލިބެނީ 11 މެޗުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް