ކ. މާލެ
|
5 މެއި 2024 | އާދީއްތަ 10:39
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ނަސްރުގެ ކުޅުންތެރިންނާއެކު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް ނަސްރުގެ ކުޅުންތެރިންނާއެކު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
ޓްވިޓަރ
ސައުދީ ޕްރޯ ލީގު
އަލް ނަސްރު މޮޅުވިއިރު، ރޮނާލްޑޯ ހެޓްރިކް ހަދައިފި
 
އަލް ނަސްރު ދެ ވަނައިގައި އޮތީ މިހާތަނަށް ލީގުގައި ކުޅުނު 30 މެޗުން 74 ޕޮއިންޓު ހޯދައިގެން

ސައުދީ ޕްރޯ ލީގުގައި އަލް ވެހްދާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު މޮޅުވެއްޖެ އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އަލް ނަސްރު މޮޅުވީ 6-0 އިންނެވެ. މެޗުގައި އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ހެޓްރިކް ހަދައިފަ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އަލް ނަސްރަށް ލީޑު ނަގައިދިނީ ރޮނާލްޑޯ އެވެ. އޭގެ ފަހުން މެޗުގެ 12 ވަނަ މިނެޓުގައި އޭނާ ވަނީ އަލް ނަސްރުގެ ދެ ވަނަ ލަނޑު ވެސް ޖަހައިފަ އެވެ. އަލް ނަސްރުގެ ތިން ވަނަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ޖެހީ އޮޓާވިއޯ އެވެ. އޭގެ ފަހުން 45 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ވަނީ އަލް ނަސްރުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އަލް ނަސްރުގެ ފަސް ވަނަ ލަނޑު ޖަަހައި، އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ. މެޗުގައި އަލް ނަސްރުގެ ފަހު ލަނޑު، 88 ވަނަ މިނެޓުގައި ޖެހީ މުޙައްމަދު އަލް ފާތިލް އެވެ.

މޮޅާއެކު އަލް ނަސްރު ދެ ވަނައިގައި އޮތީ މިހާތަނަށް ލީގުގައި ކުޅުނު 30 މެޗުން 74 ޕޮއިންޓު ހޯދައިގެންނެވެ. އަލް ނަސްރަށް ވުރެ އެއް މެޗު މަދުން ކުޅެގެން، އެއް ވަނައިގައި އަލް ޙިލާލަށް ލިބެނީ 83 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް