ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 13:18
ފްލެޓުގެ މައްސަލަ: އޭސީސީއަށް އެއްވި އާއްމު ރައްޔިތުންނާއި ކޮމިޝަންގެ މެންބަރުން ބައްދަލެއް ނުކުރި
ފްލެޓުގެ މައްސަލަ: އޭސީސީއަށް އެއްވި އާއްމު ރައްޔިތުންނާއި ކޮމިޝަންގެ މެންބަރުން ބައްދަލެއް ނުކުރި
ރާއްޖެއެމްވީ
އޭސީސީގެ މަސައްކަތްތައް
ބުރަދަން ހުރި މައްސަލަތައް އޭސީސީއަށް ހުށަހެޅޭ މިންވަރު ދަނީ އިތުރުވަމުން: ކޮމިޝަން
 
ގިނަ މަސައްކަތްތައް ކުރެވެމުންދަނީ ދައުލަތުގެ ތެރޭގައި ކޮރަޕްޝަން އަށަގަތުމާ ގުޅޭ ދިރާސާތަކުގެ ދާއިރާއިން
 
ތަފާސްހިސާބުތަކަށް ބަލާއިރު އެއް އަހަރުން އަނެއް އަހަރަށް ކުރެވޭ މަސައްކަތްތައް އިތުރު ކުރެވިފައިވޭ

އޭސީސީއަށް ބުރަދަން ހުރި މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ސެކެޓަރީ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، ތަފާސްހިސާބުތަކަށް ބަލާއިރު އެއް އަހަރުން އަނެއް އަހަރަށް ކުރެވޭ މަސައްކަތްތައް އިތުރު ކުރެވިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

އަދި ހުށަހެޅޭ މައްސަލަތަކުގެ ބުރަދަނަށް ބަލާއިރުވެސް، ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުކަން ފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

ބުރަދަން ހުރި މައްސަލަތައް އަޅުގަނޑުމެންނަށް ހުށަހެޅޭ ހުށަހެޅުން އިތުރުވާކަމަށް އަޅުގަނޑުމެންނަށް ފާހަގަ މި ކުރެވެނީ
އޭސީސީގެ ސެކެޓަރީ ޖެނެރަލް މުޙައްމަދު ސަލީމް

އޭނާ ވިދާޅުވީ، އޭސީސީން ކުރާ މަސައްކަތަކީ ވަރަށް ފަންނީ މަސައްކަތެއް ކަމަށާއި، ދާއިރާއާ ގުޅުންހުރި މީހުން ހޯދުމުގައިވެސް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ސީދާ ކޮމިޝަނުގެ މަސައްކަތުގެ ދާއިރާގެ ތައުލީމީ މީހުން ހޯދުމުގައިވެސް ދަތިތައް ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭސީސީއަކީ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އެންމެ ގިނަ އުސޫލުތައް ކަނޑައެޅިފައިވާ އިދާރާ ކަމަށާއި، މަސައްކަތްތަކާ ގުޅޭ ގިނަ ޕޮލިސީތަކެއް އާންމު ކުރެވިފައިވާނެކަމަށްވެސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

މިވަގުތު އެންމެ ގިނަ މަސައްކަތްތައް ކުރެވެމުންދަނީ ދައުލަތުގެ ތެރޭގައި ކޮރަޕްޝަން އަށަގަތުމާ ގުޅޭ ދިރާސާތަކުގެ ދާއިރާއިންކަމަށްވެސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

އަދި މި ދިރާސާތައް އެއްކޮށް ނިމުމުން ދިރާސާތައް އާންމު ކުރާނެކަމަށްވެސް ކޮމިޝަނުން މައުލޫމާތު ދިނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް