ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 11:18
ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ރެޓްކްލިފް
ޔުނައިޓެޑުގެ ކޯޗު ޓެން ހާގް އަދި ރެޓްކްލިފް
ޓްވީޓަރ
މެންޗެސްޓަރ ޔުނައިޓެޑު
ޓެން ހާގްގެ އުންމީދަކީ ޔުނައިޓެޑުގައި ހުރުން!
 
އޭނާ އަކީ ހަވާލު ކުރެވޭ މަސައްކަތް ނުނިމެނީވެސް، ފިލާނެ މީހެއް ނޫން ކަމަށް ވެސް ޓެން ހާގް ބުނި

އުންމީދަކީ އަންނަ ސީޒަންގައި ވެސް މެންޗެސްޓަރ ޔުނައިޓެޑުގައި ހުރުން ކަމަށް، އެ ޓީމަށް އިރުޝާދު ދެމުން އަންނަ އެރިކް ޓެން ހާގް ބުނެފި އެވެ.

އޭނާ މިހެން ބުނީ، އަންނަ ސީޒަނަށް ޔުނައިޓެޑުން އައު ކޯޗެއް ހޯދުމަށް މަސައްކަތް ކުރާ ކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.

ޓެން ހާގް ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި އަންނަ ސީޒަންގައި ވެސް ޔުނައިޓެޑުގައި ހުންނާނީ އޭނާ ކަމަށެވެ. އޭނާ ބުނީ ޔުނައިޓެޑާއެކު އެއްބަސްވުމުގެއްގައި ސޮއިކޮށް މަސައްކަތް ފެށީ ދިގު މުއްދަތަކަށް އެ މަސައްކަތުގައި ދެމި ހުރުމުގެ ޢަޒުމުގައި ކަމަށެވެ. އަދި އޭނާ އަކީ ހަވާލު ކުރެވޭ މަސައްކަތް ނުނިމެނީވެސް، ފިލާނެ މީހެއް ނޫން ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

އިތުރަށް އޭނާ ބުނީ އަބަދު ވެސް ޔުނައިޓެޑުގެ ވެރިންނާ ގާތް ގުޅުމެއް އޮންނަ ކަމަށާއި، ކަންކަމުގައި އެމީހުންނާ މަޝްވަރާ ކުރެވޭ ކަމަށެވެ. އަދި މީގެ ކުރިން ވެސް އޭނާ ބުނެފައިވާ ފަދައިން، ޔުނައިޓެޑުގެ ވެރިންގެ ވިސްނުމާއި، އޭނާގެ ވިސްނުން ވެސް އެއްގޮތް ކަމަށް ޓެން ހާގް ވަނީ ތަކުރާރުކޮށްފަ އެވެ.

ކުރީގެ ކުލަބު އަޔެކްސްއާ ޓެން ހާގް މަޝްވަރާ ކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަތަކާ ގުޅިގެން އޭނާ ބުނީ، މިވަގުތު އެކަހަލަ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ނަމަވެސް މުސްތަޤުބަލުގަައި އެކަން ނުވާނެއޭ ބުނަން ދަތި ކަމުގައި ވެސް ޓެން ހާގް ބުންޏެވެ. ސަބަބަކީ އަޔެކްސްގައި މަސައްކަތް ކުރަން ފަސޭހަވެފައި، އެކުލަބަށް ލޯތްބެއް އޮތުން ކަމަށް ވެސް އޭނާ ބުންޏެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ ޓެން ހާގް ހަވާލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެއްބަސްވުން އިތުރު އެއް އަހަރަށް އައު ކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ. ޔުނައިޓެޑު އޮތީ މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ ހަ ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް