ކ. މާލެ
|
3 މެއި 2024 | ހުކުރު 18:57
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލް
ދަ އެޑިޝަން
ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވުން
ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރު، މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވޭ: އެޗްޕީއޭ
ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުން އިތުރަށް ސަމާލުވާން ޖެހޭ
ޗިކުންގުންޔާ ޖެހިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދަންޖެހޭ
އޭޕްރީލް މަހުގެ ތެރޭގައި 122 ކޭސް ފެނިފައިވޭ

ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުން އަންނަކަމަށާއި މިދިޔަ މަހު 100ށް ވުރެ ގިނަ ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ސަނާ ސަލީމް ވިދާޅުވީ ޗިކުންގުންޔާ ނުފެނި ހުރުމަށްފަހު މިދުވަސްވަރު މިބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވަމުންދާ ކަމަށެވެ.

Advertisement

އެގޮތުން އޭޕްރީލް މަހުގެ ތެރޭގައި 122 ކޭސް ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށް ސަނާ ވިދާޅުވިއެވެ.

ސަނާ ވިދާޅުވީ ޗިކުންގުންޔާ ޖެހިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދަންޖެހޭ ކަމަށެވެ. އަދި ޚާއްސަ އެހީތެރިކަން ބޭނުންވާ މީހުން އިތުރަށް ސަމާލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗިކަންގުންޔާއަށް މިހާރު އަޅުގަނޑުމެން މިހާރު މި ފޯކަސް ކުރަނީ ނުފެނި ހުރެފައި އަޅުގަނޑުމެންނަށް ކޭސްތައް މިފެންނަން ފެށީ. މާޗު މަހުގައި މަދު ކޭސްތަކެއް ފެނިފައި އޭޕްރީލް މަހުގައި މިހާރު 122 ކޭސް މި އަޅުގަނޑުމެންނަށް މިފެނުނީ ރިޕޯޓު ކުރެވުނީ. އެހެންވީމަ އެޓްރެންޑް އަޅުގަނޑުމެން މި ބޭނުންވަނީ ޕްރިވެންޓަބަލް ބަލިތަކަށްވާތީވެ މި ބަލި ޖެހިގެން މީހާ މަރުވާކަށް ނުޖެހޭ. ފަރުވާ ކުރެވިގެން ރަނގަޅުކުރެވިދާނެ ބައްޔެއް. އެހެންވީމަ އެ ބަލިހާލަތު ގޯސްވިޔަ ނުދީ އަދި ރަނގަޅުވުމަށް މަސައްކަތް ކުރުން އެއީ ދޭން ބޭނުންވާ މެސެޖަކީ. ޚާއްސަކޮށް ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ދަތުރުފަތުރު އިތުރުވާއިރު ވެސް ޚާއްސަކޮށް ކުޑަކުދިން ހައިރިސްކް ގްރޫޕްގެ އެއްވެސް ބޭފުޅަކު ބަލިވާ ކަމަށްވާނަމަ ނެގްލެޓްކޮށް ނުލާށޭ ބަލިވާ ބަލިވުން.
ސަނާ ސަލީމް / އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ

ޗިކުންގުންޔާއަކީ ވެސް ޑެންގީ ހުން ފަތުރާ މަދިރިކަމުގައިވާ އީޑީސް މަދިރީގެ ޒަރިއްއާއިން ފެތުރޭ ބައްޔެއްކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފައެވެ. ޗިކުންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ހުޅުހުޅުގައި ރިއްސުން އަދި ބޮލުގައި ރިއްސުން ހިމެނެއެވެ.

އެގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން ބޭނުން ކުރުމަށާއި، ސްޕްރޭ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ. އަދި ތިން ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް އެޖެންސީން އެދިފައިވެއެވެ. 

ޗިކުންގުންޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެފަހުން ރާއްޖޭގައި ޗިކުންގުންޔާގެ އައުޓްބްރޭކެއް އައިސްފައި ވަނީ 2006 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް