ކ. މާލެ
|
2 މެއި 2024 | ބުރާސްފަތި 15:01
ގެދޮރު ގެއްލުނު ދެކުނު ޣައްޒާގެ ރައްޔިތުން އަނބުރާ ގެއަށް ދަނީ
ގެދޮރު ގެއްލުނު ދެކުނު ޣައްޒާގެ ރައްޔިތުން އަނބުރާ ގެއަށް ދަނީ
ރޮއިޓާސް
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
ގާޒާ އަށް އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން އަދިވެސް ގެންދަނީ ހުރަސް އަޅަމުން: ޔޫއެން
 
އދ އިން ބުނެފައިވަނީ ގަވައިދުން އެހީގެ ތަކެތި ފޯރުކޮށްދެވޭނެ ގޮތެއް އޮވެގެން ނޫނީ ބަނޑުހައި ހޫނުކަމުގައި ތިބި ފަލަސްތީން ރައްޔިތުންގެ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށް
 
އުތުރު ގާޒާގައި ބަނޑުހައި ހޫނުކަމުގެ ނިކަމެތި ހާލަތުގައި އެތައް ހާސް ފަލަސްތީން ރައްޔިތުން ތިބޭތާ 6 މަސް ދުވަހަށްވުރެ ގިނަ ދުވަސްވެއްޖެ

ހާލުގައި ޖެހިފައިވާ ގާޒާގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި އިޒްރޭލުން އަދިވެސް ހުރަސް އަޅަމުން ގެންދާކަމަށް ޔޫއެން އޮފީސް ފޯ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއަރޒް އިން ބުނެފިއެވެ.

އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ދަތިތައް އިޒްރޭލުން ކުރިމަތިކުރަމުންދާ ކަމަށް ތަކުރާރުކޮށް އދ ގެ ކަމާބެހޭ އޮފީހުން ބުނަމުންދާއިރު، އުތުރު ގާޒާގައި ބަނޑުހައި ހޫނުކަމުގެ ނިކަމެތި ހާލަތުގައި އެތައް ހާސް ފަލަސްތީން ރައްޔިތުން ތިބޭތާ 6 މަސް ދުވަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

އދ އިން ބުނެފައިވަނީ ގަވައިދުން އެހީގެ ތަކެތި ފޯރުކޮށްދެވޭނެ ގޮތެއް އޮވެގެން ނޫނީ ބަނޑުހައި ހޫނުކަމުގައި ތިބި ފަލަސްތީން ރައްޔިތުންގެ ހާލަތު ރަނގަޅު ކުރެވޭނެ ގޮތެއް ނެތް ކަމުގައެވެ.

އެހީގެ ކަންކަން ހިންގުމަށް ގާޒާ ސްޓްރިޕްގެ އުތުރުން އިޒްރޭލާ އިންވެގެން އޮންނަ ބެއިތް ހަނޫން ހުސްވި އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން ވަނީ ހުޅުވާލާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޖޯޑުން އިން 31 ޓްރަކްގެ އެހީގެ ސާމާނު ގާޒާއަށް މިހާތަން ގެންދެވިފައިވެއެވެ. އެހެން ނަމަވެސް އިޒްރޭލުން ހުރަސްތައް ކުރިމަތި ކުރާތީ މި ހުޅުވާލެވުނު މަގުން އެހީގެ ތަކެތި ގަވައިދުން ފޯރުކޮށްދެވޭނެ ގޮތެއް އަދިވެސް ވަނީ ނުފެނިފައެވެ.

އިޒްރޭލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ހަމާސްއާ އެކު އިޒްރޭލުން މަޝްވަރާ ކުރި ކަމުގައިވިޔަސް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ޚަރިޖީ ވަޒީރު ބްލިންކަން އަށް ދަންނަވާފައިވަނީ، ގާޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ހުއްޓާ ނުލައްވާނެކަމުގައެވެ.

އިޒްރޭލުން މިހާރު ގެންދަނީ ގާޒާގެ ސިޓީއެއް ކަމުގައިވާ ރަފާ އަށް އަރާނެ ކަމުގެ ބިރުދައްކަމުންނެވެ. ޔުނިސެފްގެ ވެރިޔާ ކެތެރިން ރަސަލް ވިދާޅުވީ، ހަލައްކަ ފަލަސްތީންގެ ކުޑަކުދިން ރަފާގައި މިހާރުވެސް ހާލުގައި ޖެހިފައިވާއިރު، ރަފާ އަށް އިޒްރޭލް ސިފައިން އެރުން ވެގެންދާނީ މުސީބާތުގެ މައްޗަށް އަންނަ މުސީބާތެއް ކަމުގައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 34،568 މީހުން މަރުވެފައިވެއެވެ. 77،765 މީހުން ޒަޚަމްވެފައިވެއެވެ.

ހަމާސް އިން އިޒްރޭލަށް ދިން އޮކްޓޯބަރ 7 ގެ ހަމާލާއިން އިޒްރޭލުން މަރުވެފައިވަނީ 1،139 މީހުންނެވެ. އިޒްރޭލުގެ ބައެއް ރައްޔިތުން ހޮސްޓެޖުންގެ ގޮތުގައި ހަމާސްގެ އަތްދަށުގައި އަދިވެސް އެބަތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް