ކ. މާލެ
|
1 މެއި 2024 | ބުދަ 12:35
ފޭސް 2ގައި ރޯވި ކާރު ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ
ފޭސް 2ގައި ރޯވި ކާރު ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
ކާރެއްގައި ރޯވުން
ފޭސް 2ގައި ބާއްވާފައި އޮތް ކާރެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ
 
ރޯވެފައިވަނީ އެޗް5 ކައިރީގައި ބަައްވާފައި އޮތް ކާރެއްގައި

ހުޅުމާލެ ފޭސް 2 ގައި އޮތް ކާރެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އެޗް5 ކައިރީގައި ބާއްވާފައި އޮތް ކާރެއްގައި އަލިފާން ރޯވެފައިވާކަމަށް އަންގާރަ ދުވަހުގެރޭ 11:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް ކާރަށް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ހުދުކުލައިގެ ކާރެއްގެ އިންޖީނުގައި ރޯވެފައިވާ މަންޒަރެވެ. އަދި އަލިފާން ނިއްވުމަށް އާންމުން މަސައްކަތް ކުރަމުންދިޔަތަން ފެނެއެވެ.

ރޯވެފައިވަނީ ހުދުކުލައިގެ ޕްރައިވެޓް ކާރެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް