ކ. މާލެ
|
28 އޭޕްރިލް 2024 | އާދީއްތަ 09:15
މިއާމީން ކުޅުނު މެޗުގައި ؛ލަނޑު ޖެހުމަށްފަހު މެސީ އުފާ ފާޅުކުރަނީ
މިއާމީން ކުޅުނު މެޗުގައި ؛ލަނޑު ޖެހުމަށްފަހު މެސީ އުފާ ފާޅުކުރަނީ
ރޮއިޓާސް
މޭޖާ ލީގު ސޮކާ
މެސީގެ ދެ ލަނޑާއެކު، ނިއު އިންގްލެންޑު ބަލިކޮށް މިއާމީ އެއް ވަނަ އަށް
 
މިހާތަނަށް ކުޅުނު 11 މެޗުން 21 ޕޮއިންޓާއެކު މިއާމީ އޮތީ އެއް ވަނައިގައި

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު) ގައި ނިއު އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަ މިއާމީން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އާދީއްތަ ދުވަހު ކުޅުނު މެޗު މިއާމީން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގައި މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ނިއު އިންގްލެންޑުން ވަނީ ލަނޑު ޖަަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ތޯމަސް ޗަންކެލޭ އެވެ. އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައި މިއާމީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެސީ އެވެ. އަދި ދެ ވަނަ ހާފުގައި މިއާމީ އަށް ލީޑު ނަގައިދިނީ ވެސް މެސީ އެވެ. މިއާމީގެ ތިން ވަނަ ލަނޑު، މެޗުގެ 83 ވަނަ މިނެޓުގައި ޖެހީ ބެންޖަމިން ކްރެސްމަޗީ އެވެ. އޭގެ ފަސް މިނެޓު ފަހުން މިއާމީގެ ހަތަރު ވަނަ ލަނޑު ޖެހީ އުރުގުއޭގެ ލުއިސް ސުއަރޭޒް އެވެ.

މޮޅާއެކު މިއާމީން ވަނީ ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 11 މެޗުން 21 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ސިންސިނާޓީ އަށް 18 ޕޮއިންޓު ލިބެނީ މިއާމީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް