ކ. މާލެ
|
27 އޭޕްރިލް 2024 | ހޮނިހިރު 14:58
ބީއެމްއެލްގެ މުވައްޒަފަކަށް އެވޯޑު ހަވާލުކޮށްދެއްވަނީ
ބީއެމްއެލްގެ މުވައްޒަފަކަށް އެވޯޑު ހަވާލުކޮށްދެއްވަނީ
ބީއެމްއެލް
ބީއެމްއެލްގެ މުވައްޒަފުންގެ އަގު ވަޒަންކުރުން
ބީއެމްއެލްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންނަށް އެވޯޑް ދީފި
މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްދޭ އަހައްމިއްޔަތުކަން އަހަރުން އަހަރަށް މުވައްޒަފުން ކުރާ ބުރަ މަސައްކަތުން ދައްކުވައިދޭ
ނައިފަރު ބްރާންޗުން ވަނީ ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހޯދާފައި
މުހައްމަދު ޝާއިގް އަހުމަދު ވަނީ އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ހޯދާފައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް، އެ މުވައްޒަފުންނަށް އެވޯޑް ދީފިއެވެ.

ހުކުރު ދުވަހުގެރޭ ކްރޮސްރޯޑްސްގައި ބޭއްވި ބީއެމްއެލްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް، އެ މުވައްޒަފުންނަށް އެވޯޑް ވަނީ ދީފައެވެ. މި ހަފްލާގައި އެވޯޑް ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ކާރލް ސްޓުމްކަގެ އިތުރުން، ބޯޑު ޑިރެކްޓަރުންނާއި ބޭންކުގެ އެގްޒެކްޓިވް މެނޭޖްމަންޓުގެ މެންބަރުންނެވެ.

އެގޮތުން މުހައްމަދު ޝާއިގް އަހުމަދު (ކަސްޓަމަރ ސަރވިސް މެނޭޖަރ) ވަނީ އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑް ހޯދާފައެވެ. ނައިފަރު ބްރާންޗުން ވަނީ ސީއީއޯ އެވޯޑް ފޯރ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އެވޯޑް ހޯދާފައެވެ. އަލީ ފާރިޝް ޚަލީލް (ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ) ބެސްޓް ލީޑަރ އެވޯޑް ހޯދިއިރު އަޒާން ރަޝީދު (ޓަރމިނަލް މެނޭޖްމަންޓް ޔުނިޓް) ވަނީ ބެސްޓް މެނޭޖަރ އެވޯޑް ހޯދާފައެވެ.

މުވައްޒަފުންގެ ތެރެއިން ފާހަގަކޮށްލެވޭ ޚިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ޓީމުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ކެޓަގަރީތަކުން ވަނީ އެވޯޑް ދީފައެވެ. މީގެ ތެރޭގައި ބެސްޓް އެޓޯލް ބްރާންޗް، ބެސްޓް އެޓޯލް އެމްޕްލޯއީ، ބެސްޓް ޓީމް، ކަސްޓަމަރ ސަރވިސް ސްޓަރ އަދި އެވޯޑް ފޯ އިނޮވޭޝަން ހިމެނެއެވެ. 

މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ކާރލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ޓީމާ ދޭތެރޭ ފަހުރުވެރިވާ ކަމަށާއި، މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށްދޭ އަހައްމިއްޔަތުކަން އަހަރުން އަހަރަށް މުވައްޒަފުން ކުރާ ބުރަ މަސައްކަތުން ދައްކުވައިދޭ ކަމަށެވެ.

އެވޯޑް ހާސިލްކުރި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު މަރުހަބާ ދަންނަވަން. ބޭންކު ކާމިޔާބީއާ ދިމާއަށް ދަތުރުކުރަނީ ތިޔަ މުވައްޒަފުންގެ ނަމޫނާ މަސައްކަތުގެ ސަބަބުން. ފާއިތުވި އަހަރު ބޭންކުން ވަނީ ރިކޯޑް ނަތީޖާއެއް ހޯދާފަ. މިއީ ސާފު ފައިދާގެ ގޮތުގައި 2 ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ބޭންކަށް ލިބުނު ފުރަތަމަ ފަހަރު. މި ނަތީޖާ ހޯދުނީ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ސަބަބުން. އެހެންކަމުން މި ފުރުސަތުގައި ކޮންމެ މުވައްޒަފަކަށްވެސް ވަކިވަކިން އަޅުގަނޑު ޝުކުރު އަދާކުރަން.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އަދި މީގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް