ކ. މާލެ
|
25 އޭޕްރިލް 2024 | ބުރާސްފަތި 14:23
ކެންސަރުޖެހޭ މާއްދާ އެކުލެވޭ ކަމަށް ބެލޭ ހަވާދުގެ ދެބާވަތް -- ފޮޓޯ: އިންޑިއާ ޓުޑޭ
ކެންސަރުޖެހޭ މާއްދާ އެކުލެވޭ ކަމަށް ބެލޭ ހަވާދުގެ ދެބާވަތް -- ފޮޓޯ: އިންޑިއާ ޓުޑޭ
ހަވާދުގައި ކެންސަރުގެ މާއްދާއެއް
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
 
ކެންސަރު ޖެހޭ ޕެސްޓިސައިޑްގެ މިންވަރު އިތުރުވެފައިވާ ކަމަށް ފާހަގަ ކުރެވިފައިވަނީ އެމްޑީއެޗްޑީއާއި އެވަރެސްޓް ބްރޭންޑުގެ ހަވާދުގެ އުފެއްދުންތަކުގައި

އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރު ޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި ބައެއް ބާވަތުގެ އިންޑިއާ ހަވާދު ވިއްކުން މަނާކޮށްފިއެވެ.

ކެންސަރު ޖެހޭ ޕެސްޓިސައިޑްގެ މިންވަރު އިތުރުވެފައިވާ ކަމަށް ފާހަގަ ކުރެވިފައިވަނީ އިންޑިއާގެ ހަވާދުގެ ބާވަތްތައް އުފައްދާ ދެ ކުންފުނި ކަމަށްވާ އެމްޑީއެޗްޑީއާއި އެވަރެސްޓް ބްރޭންޑުގެ ހަވާދުގެ އުފެއްދުންތަކުގައެވެ. އެހެންކަމުން އެ ބާވަތުގެ ހަވާދު ވިއްކުން ހޮންކޮންގުން މިހާރުވަނީ ހުއްޓައިލައިފައެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ އެކަމާގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

ކެންސަރަށް ޖެހުމަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ އެތްލީން އޮކްސައިޑް އެކުލެވިގެންވާ ކަމަށް ބުނެ އެމްޑީއެޗްއިން އުފައްދާ ތިން ބާވަތެއްގެ ހަވާދާއި އެވަރެސްޓުން އުފައްދާ މަސް ރިހަ ހަވާދުގެ ބަވާތެއް ވިއްކުން ހޮންކޮންގުން ވަނީ މި މަހު ހުއްޓާލާފައެވެ. އެތްލީން އޮކްސައިޑަކީ އިންސާނުން ބޭނުންކުރުން ރަނގަޅު ނޫން އަދި ގިނަ ދުވަހު ބޭނުންކޮށްފިނަމަ، ކެންސަރަށް މަގުފަހިވާ މާއްދާއެކެވެ.

އެމްޑީއެޗް އަދި އެވަރެސްޓް ބްރޭންޑުގެ ހަވާދަކީ އިންޑިއާގައި އެންމެ މަގުބޫލު ހަވާދުތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެކެވެ. އެ ބްރޭންޑުތަކުގެ އުފެއްދުންތައް ޔޫރަޕާއި އޭޝިއާ އަދި އުތުރު އެމެރިކާގައި ވެސް ވިއްކައެވެ. އިންޑިއާގެ އިންޑަސްޓްރީ ރެގިއުލޭޓަރު، ސްޕައިސް ބޯޑުން ބުނާ ގޮތުގައި 2022-23 ވަނަ އަހަރު ޖުމްލަ 4 ބިލިއަން ޑޮލަރުގެ އުފެއްދުން އެ ދެ ކުންފުނިން އެކްސްޕޯޓް ކުރިއެވެ.

ބޯޑުން ބުދަ ދުވަހު ބުނީ ހޮންކޮންގާއި ސިންގަޕޫރުގެ ކަމާބެހޭ އިދާރާތަކުން އެމްޑީއެޗް އާއި އެވަރެސްޓް އެކްސްޕޯޓްގެ މައުލޫމާތު ހޯދައި، އުފެއްދުންތައް އުފައްދާ ކާރުހާނާތަކުގައި އިންސްޕެކްޝަންތައް ފެށުމާއެކު އެ މައްސަލައިގެ އަސްލު ސަބަބު ހޯދުމަށް އެ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސްޕައިސްގެ ބަޔާނާ ގުޅިގެން އެމްޑީއެޗްއިން އަދި އެވަރެސްޓުންވެސް މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައެއްނުވެއެވެ.

ނަމަވެސް އަންގާރަ ދުވަހު އެވަރެސްޓުން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އުފެއްދުންތަކަކީ ބޭނުން ކުރުމަށް ރައްކާތެރި އެއްޗެހި ކަމަށާއި އުފެއްދުންތައް އެކްސްޕޯޓް ކުރީ އިންޑިއާގެ ސްޕައިސް ބޯޑުގެ ލެބޯޓްރީތަކުން ބޭނުންވާ ކްލިއަރެންސްތަކާއި ހުއްދަ ލިބުމުން ކަމަށެވެ.

އިންޑިއާއަކީ މިސަރަޙައްދުގައި ހަވާދު އުފެއްދުމުގައި އެންމެ އުފެއްދުންތެރި އަދި އެކްސްޕޯޓް ކުރާ އެއް ގައުމެވެ.

ހަވާދު އުފެއްދުމުގެ ބޮޑެތި ހަބްތަކުގެ ތެރޭގައި އަންދްރަ ޕްރަދޭޝްގެ ގުންޓޫރް، ކެރެލާގެ ކުމީލީ އަދި ޓެމިލް ނާޑޫގެ ނާގަރްކޮއިލް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިޔާ ސިފައިންގެ ފަހު ބެޗް މިމަހުގެ 10ގެ ކުރިން ފުރާނެ: ފޮރިން މިނިސްޓްރީ
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި