ކ. މާލެ
|
24 އޭޕްރިލް 2024 | ބުދަ 13:37
ފީފާ އަދި އޭއެފްސީގެ ބޭފުޅުން
ފީފާ އަދި އޭއެފްސީގެ ބޭފުޅުން
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އެފްއޭއެމް އިންތިހާބު
ބައްސާމަށް އިތުބާރެއްނެތް، ކުލަބުގެ ހުށަހެޅުމަކީ ނޯމަލައިޒް ކުރުން
 
ބައްސާމުގެ މައްސަލަތައް ބަލަމުންދަނީ ފީފާ އާއި ރާއްޖޭގެ އިދާރާތަކުން

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އިތުބާރު ނުކުރެވޭ ކަމަށާއި މިހެންވެ އެއިދާރާގެ އިންތިހާބު ބޭއްވުން އެންމެ ރަނގަޅީ އަސާސީ ގަވާއިދު އިސްލާހުކޮށް، މިނިވަން ބައެއްގެ ބެލުމުގެ ދަށުން ކަމަށް ފުޓްބޯޅަ ކުލަބުތަކުން ފީފާ އަދި އޭއެފްސީ އަށް ހުށަހަޅައިފި އެވެ.

މި ގޮތަށް އެދުނީ އިންތިހާބަަށް ދެ ފަހަރު ވެސް ކުރިމަތިލައިގެން، ކެންޑިޑެސީ ގަބޫލުނުކުރި ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރާ 11 ކުލަބުންނެވެ. އެފްއޭއެމް އިންތިހާބުގައި ވޯޓުލެވޭ 17 ކުލަބުގެ ތެރެއިން 11 ކުލަބެއް ތާއީދު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމް އަށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް، ފީފާގެ ރައީސް އަދި އޭއެފްސީގެ ރައީސާއެކު - އެފްއޭއެމް

ފާއިތުވެދިޔަ އަށް އަހަރު އެފްއޭއެމުގެ ރައީސްކަން ކުރި ބައްސާމްގެ ދެ ވަނަ ދައުރު އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހަށް ނިމޭނެ އެވެ. އޭނާ އަކީ ތިން ވަނަ ދައުރަށް އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓެކެވެ. ވާދަކުރަނީ ޓޮމް އެވެ. ބައްސާމަށް އިތުބާރު ނުކުރާ މައިގަނޑު ސަބަބުތަކަކީ އޭނާގެ ކޮރަޕްޝަންގެ މައްސަލަތައް ފީފާއިން ބަލަމުންދިއުމެވެ. އަދި ރާއްޖޭގެ އިދާރާތަކުން ވެސް އެފްއޭއެމުގެ ފައިސާ އަށް އޭނާ ހިޔާނާތްތެރިވެފައިވާ މައްސަލަ ބަލަމުންދިއުމާއި ދައުވާ އުފުލާފައިވުމެވެ. މީގެ އިތުރުން އަމިއްލަ މަސްލަހަތު އިސްކޮށް، ކެންޑިޑެސީ ބާތިލްކުރުމާއި، ކުލަބް ވެލެންސިއާ ސަސްޕެންޑްކުރުމާއި، އެފްއޭއެމުގެ ގަވާއިދުތައް މެމްބަރު ކުލަބުތަކަށް ނޭނގި ބޭނުން ގޮތަކަށް ބަދަލު ގެނައުމާއި، އެފްއޭއެމުގެ ގަވާއިދުތަކާއި އުސޫލުތައް އިދާރާތަކަށް އޮޅުވާލުމާއި އެކަންކަކަމުގެ މައުލޫމާތު ބޭނުންގޮތަކަށް ބަދަލުކޮށް، ފޮރުވައިގެން އުޅުމާއި އެފްއޭއެމުގެ މުވައްޒަފުންނަށް މުސާރަ ނުދިނުމާއި ގަވާއިދުން މުބާރާތްތައް ބާއްވަމުން ނުދިއުމާއި އެފްއޭއެމުން އެކިއެކި ކުންފުނިތަކަށް ދަރާފައިވުމާއި، ކަރަންޓާއި ފެންބިލް ނުދައްކައި އެތައް ފައިސާއެއް ދައުލަތުން އެކަމަށް ދައްކަން ޖެހުން ފަދަ ކަންކަން ހިމެނެ އެވެ.

އެފްއޭއެމުގެ އިންތިހާބަށް ބައްސާމް ތިން ވަނަ ފަހަރަށް ކުރިމަތިލެއްްވީ އޭނާ އަށް ހިޔާނާތުގެ ދައުވާ އުފުލުމާއެކު އިންތިހާބުގައި ދެން ވާދަނުކުރާނެ ކަމަށް އަމިއްލަ އަށް އިއުލާނުކުރުމަށްފަހު އެވެ. ފީފާއިން ބަލަމުންދަނީ ކޮވިޑް ލޯނެއްގެ ގޮތުގައި އެފްއޭއެމަށް ދިން އެއް މިލިއަން ޑޮލަރަށް ބައްސާމަ ހިޔާނާތްވި މައްސަލައެވެ. ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް އާއި ފުލުހުން ބަލަމުންދަނީ އެފްއޭއެމަށް މިދިޔަ 8 އަހަރު ފީފާއިން ދިން 12 މިލިއަން ޑޮލަރަށް ބައްސާމް ހިޔާނާތްވެ، އެ ފައިސާއިން އަމިއްލަ އާއިލާ ހަރަދު ކުރުމާއި، މުދާ ގަތުމާއި އާއިލީ ދަތުރުކުރުކުރުން ފަދަ ކަންކަމަށް ހަރަދުކުރި ކަމުގެ މައްސަލަ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. މި މައްސަލާގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން ވަނީ މަނާކޮށްފަ އެވެ.

ފީފާ އާއި އޭއެފްސީގެ ވަދުފުން ރާއްޖޭގެ އެކި ފަރާތްތަކުން ލިބުނު މައުލޫމާތުގެ އެހީގައި ފީފާ އަށް ރިޕޯޓެއް ހުށަހަޅާނެ އެވެ. އެއަށްފަހު ގޮތެއް ނިންމާނީ ފީފާއިންނެވެ. އެފްއޭއެމް މީގެ ކުރިން ވެސް ވަނީ ދެ ފަހަރެއްގެ މެތިން ނޯމަލައިޒް ކޮށްފަ އެވެ. އެއީ 2008 އާއި 2014ގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް