ކ. މާލެ
|
24 އޭޕްރިލް 2024 | ބުދަ 12:01
ޗެމްޕިއަންކަން ހޯދި މުހައްމަދު ޒަމީލް
ޗެމްޕިއަންކަން ހޯދި މުހައްމަދު ޒަމީލް
އުރީދޫ
އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒް
އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒް، ސީޒަން 1 ގެ ޗެމްޕިއަނަކަށް ޒަމީލް
 
މި މުބާރާތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާއި ގުޅިގެން
 
މިއީ 2 ދުވަހުގެ މުއްދަތައް ކުރިއަށް ދިޔަ މުބާރާތެއް

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ބޭއްވި އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް، ސީޒަން އެކެއް ނިމިއްޖެއެވެ.

އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް، ސީޒަން 1 ގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ

ޗެމްޕިއަން: މުހައްމަދު ޒަމީލް ޒިހުނީ (8000ރ)

ރަނަރއަޕް: ރާއިދު ހަސަން (4500ރ)

2ވަނަ ރަނަރއަޕް: މުހައްމަދު ރިޝްފާން އަހްމަދު (2500ރ)

މި މުބާރާތުގެ ސީޒަން 1 ނިމުނީ 20 އޭޕްރީލް 2024 ގައެވެ. 18 އެޕްރީލް އިން ފެށިގެން 2 ދުވަހުގެ މުއްދަތައް ކުރިއަށް ދިޔަ މިމުބާރާތުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެ ހޫނު ތަރުހީބެއް ލިބިގެން ދިޔަ ކަމަށް އުރީދޫއިން ބުނެއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާއި ގުޅިގެންނެވެ. އުރީދޫ ނޭޝަންގެ ފަރާތުން ރާވައިގެން ކުރިއަށްގެންދިޔަ މި މުބާރާތަކީ ރާއްޖޭގައި ކުރިއަރަމުންދާ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، އެންމެން އެއްތަނަކަށް ގެނެސް، ވާދަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށް އުރީދޫއިން ބުނެއެވެ. އަދި އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ކުރިއަށް ހުރި މުބާރާތްތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް