ކ. މާލެ
|
23 އޭޕްރިލް 2024 | އަންގާރަ 13:39
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 51 ވަނަ ޖަލްސާ
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 51 ވަނަ ޖަލްސާ
މަޖިލިސް
ޕީއެންސީއަށް ސުޕަރ މެޖޯރިޓީ ލިބުން
ކުރިއަށް އޮތީ ބަނަ ދުވަސްތަކެއް، އިދިކޮޅުގައި މަސައްކަތްކުރަން ވެސް އުނދަގޫވާނެ - މީކާއީލް
 
ފާއިތުވި 5 މަސް ދުވަހު ސަރުކާރު ހިނގަމުން އަންނަ ގޮތުން މަޖިލީހުގައި މައިނޯރިޓީ އަށް ފުރުސަތު ދޭނެ ކަމަށް ސަރުކާރުން ބުނާ ބުނުމަށް އިތުބާރު ނެތް ކަމަށް ވިދާޅުވި

ފާއިތުވި 5 މަސްދުވަހު ސަރުކާރު ހިންގަމުން އަންނަ ގޮތުން މަޖިލީހުގައި މައިނޯރިޓީ އަށް ފުރުސަތު ދޭނެ ކަމަށް ސަރުކާރުން ބުނާ ބުނުމަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް މިހެން ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މީކާއީލް ވަނީ ޤައުމު މިވަގުތު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް ވިދާޅުވެފައެވެ. އަދި މިއީ އިދިކޮޅުގައި މަސައްކަތްކުރަން އުނދަގޫ ވަގުތެއް ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. ގައުމު އޮތީ ނުރައްކާތެރި ހާލަތުގައި ކަމަށާއި ޕީއެންސީ އަށް ލިބުނު މެޖޯރިޓީ، މަޖިލީހުގައި ނާޖާއިޒުގޮތުގައި ބޭނުންނުކުރާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފާއިތުވި 5 މަސް ދުވަހު ސަރުކާރު ހިންގަމުން އަންނަ ގޮތުން މަޖިލީހުގައި މައިނޯރިޓީ އަށް ފުރުސަތު ދޭނެ ކަމަށް ސަރުކާރުން ބުނާ ބުނުމަށް އިތުބާރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ މިއީ އިދިކޮޅުގައި މަސައްކަތް ކުރަން ވެސް އުނދަގޫ ވަގުތެއް ކަމަށެވެ. އަދި ނިމިދިޔަ އިންތިޚާބުގައި ފެނުނީ މި ސަރުކާރުގެ އިސް ބޭފުޅުން އެކި ދާއިރާތަކުގައި ކެމްޕެއިންގައި ހަރަކާތްތެރިވެވަޑައިގެންނެވި އިރު، ވަރަށް ފާޅުގައި ވަކި ޕާޓީއަކަށް ނޫނިއްޔާ އަސާސީ ޚިދުމަތްތައްދޭން ނުޖެހޭ ކަަމަށް ވިދާޅުވަމުން ގެންދެވި މަންޒަރުކަމަށެވެ. އެގޮތުން ވަރަށް ފާޅުގައި މި އިންތިޚާބަށް ސަރުކާރުން ދިޔައީ ނުފޫޒު ފޯރުވަމުން ކަމަށާއި މި އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވަނީ ކުރިން ދުވަހަކު ވެސް އިންތިޚާބަކަށް ނުފޫޒު ނުފޯރުވާ މިންވަރަށް ކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިމުނަސް، މި ކަންކަމަކީ ނުހިނގާ ކަމެއް ކަަމަށް ނުހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
50%
0%
ކޮމެންޓް