ކ. މާލެ
|
21 އޭޕްރިލް 2024 | އާދީއްތަ 09:28
އީސީގެ ރައީސް ފުއާދު ތައުފީގު
އީސީގެ ރައީސް ފުއާދު ތައުފީގު
ރާއްޖެއެމްވީ
ރައްޔިތުން މަޖިލިސް 2024
ވޯޓުލުމަކީ ގައުމީ ވާޖިބެއް: ފުއާދު
ވޯޓުލުމަށް އެންމެފަހު ވަގުތަށް މަޑުނުކުރުމަށް އެދިފައިވޭ
ވޯޓުލާން ދިއުމުގެ ކުރިން ކޮންމެ މީހަކު ވެސް އެ މީހަކު ވޯޓުލާންދާން ޖެހޭތަން ޔަގީން ކުރަންޖެހޭ
ވޯޓުލުން ފަށާފައިވަނީ އާދިއްތަ ދުވަހުގެ 8:00 ގައި

ވޯޓުލުމަކީ ގައުމީ ވާޖިބެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލިސް އިންތިޚާބު 2024އާ ގުޅޭގޮތުން ފުއާދު ވިދާޅުވީ ވޯޓުލުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް، ގައުމީ ވާޖިބެއް ކަމަށެވެ. އަދި އެކަން އަދާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ވޯޓުލުމަށް އެންމެފަހު ވަގުތަށް މަޑުނުކޮށް ހުރިހާ ރައްޔިތުން ވެސް އަވަހަށް ވޯޓުލުމަށް އައުމަށް އެދޭ ކަމަށެވެ. އަދި ވިދާޅުވީ ވޯޓުލުން ފަސްކޮށްފިނަމަ ކިޔޫގައި މަޑުކުރަން ޖެހޭ ވަގުތު އިތުރުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ވޯޓުލާން ދިއުމުގެ ކުރިން ކޮންމެ މީހަކު ވެސް އެ މީހަކު ވޯޓުލާންދާން ޖެހޭތަން ޔަގީން ކުރަންޖެހޭކަން ފާހަގަކޮށް ފުއާދު ވިދާޅުވީ ބައެއް ފޮށިތައް ހުރި ސަރަހައްދުތައް ބަދަލުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ފުއާދު ވަނީ ވޯޓާ ގުޅުވައިގެން އެއްވެސް މީހަކު ދޭ ހަދިޔާއެއްގައި ނުވަތަ އެ ނޫންވެސް މަންފާއެއް ލިބޭ އެއްޗެއްގައި ނުހިފުމަށް އެދިފައެވެ. އަދި ވޯޓުލުމަށްފަހު އެއްވެސް މީހަކު ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި މަޑުނުކުރުމަށް ވެސް އެދިފައިވެއެވެ.

އެމީހަކަށްޓަކައި އެމީހެއްގެ ފަރާތުން އެމީހަކު ދެކޭގޮތުގައި އެމީހެއްގެ އަޑު މަޖިލިހުގެ ތަޅުމުގައި އުފުލަން އެންމެ އެކަށީގެންވާ، އެކަމަށް އެންމެ ގާބިލް، އެކަމަށް އެންމެ ރަނގަޅުކަމަށް ދެކެވަޑައިގަންނަވާ މީހަކަށް އެ ވޯޓު ދެއްވީމަ ހުންނާނީ ރަނގަޅަށް
އީސީގެ ރައީސް ފުއާދު ތައުފީގު

ވޯޓުލުން ފަށާފައިވަނީ އާދިއްތަ ދުވަހުގެ 8:00 ގައެވެ. 5:30 އާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންދާއިރު، ވޯޓުލުމުގެ ވަގުތު އިތުރު ނުކުރާނެ ކަމަށް އީސީން ބުނެއެވެ.

- ކޮމެންޓް