ކ. މާލެ
|
21 އޭޕްރިލް 2024 | އާދީއްތަ 05:22
ބާސެލޯނާގެ ޔަމާލް އާއި ލޮޕޭޒް (ވ)
ބާސެލޯނާގެ ޔަމާލް އާއި ލޮޕޭޒް (ވ)
ގޫގުލް
އެލް ކެލްސިކޯ
މެޑްރިޑަށް ދާނީ އިސް އުފުލައިގެން، މޮޅުވާން: ބާސެލޯނާ
ބާސެލޯނާ އަށް މި ސީޒަނުގައި ތައްޓެއް ނުލިބޭނެ، ރެއާލް އަށް ދެ ތަށި ލިބިދާނެ

އެލްކްލެސިކޯގެ ނަމުން މަޝްހޫރުވެފައިވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ސްޕެނިޝް ލީގުގައި މިރޭ ދަންވަރު 12 ޖަހާއިރު ބައްދަލުކުރާނެ އެވެ.

މި މެޗަށް ނުކުންނައިރު ދެ ޓީމު އޮތީ ސްޕެނިޝް ލީގުގެ ތާވަލުގެ އެންމެ ކުރީގަ އެވެ. ރެއާލް އަށް ލިބިފައިވަނ 78 ޕޮއިންޓެވެ. ބާސެލޯނާ އަށް 70 ޕޮއިންޓެވެ. މިހެންވެ މެޗުން މޮޅުވެގެން ރެއާލް އަށް ތަށި ގާތްގަނޑަކަށް ޔަގީން ކުރެވޭނެ އެވެ. އެންމެ ވާދަވެރި ޓީމަކީ ރެއާލްކަމުން ބާސެލޯނާ މި ފުރުސަތުދޭން ބޭނުމެއްނުވެ އެވެ.

އެކަމަކު ދެ ޓީމު އޮތީ ތަފާތު ހާލަތެއްގަ އެވެ. ރެއާލް އޮތީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގަ އެވެ. ބާސެލޯނާ އަށް ސެމީ އަށް ނުދެވި ކެޓީ ކުއާޓާ ފައިނަލުންނެވެ. މިހެންވެ މެޗުގެ މާބޮޑު ފޯރިއެއް ސަޕޯޓަރުންގެ މެދުގައި ނެތް ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. ބާސެލޯނާގެ ސަޕޯޓަރުން ރެއާލް މެޑްރިޑްގެ ދަނޑަށް މެޗުބަލަން ދިއުމަށް ބޭނުމެއްނުވެ އެވެ.

ނަމަވެސް ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ ވިދާޅުވީ އޭނާގެ ޓީމު މެޑްރިޑަށް ދާނީ އިސް އުފުލައިގެން މޮޅުވާން ކަމަށެވެ.

"ވަރުގަދަ މެޗެއް ކުޅެ މޮޅުވާން އަހަރުމެން ދާނީ. ޓީމު އޮތީ ވަރަށް ޕޮޒިޓިވްކޮށް. ކޮންމެ ކެލްސިކޯ އަކީ މުހިންމު މެޗެއް. ސަޕޯޓަރުންނަށްޓަކައި އަހަރުމެން މޮޅުވާން ބޭނުން"
ލަޕޯޓާ ބުންޏެވެ.

މެޗުގެ ކުރިން ކޯޗު ޒަވީ ހަނާންޑޭޒް ވަނީ ރެއާލް އަށް ތައުރީފްކޮށްފަ އެވެ.

"އެއީ ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމު ބަލިކޮށްފައި ސެމީ ފައިނަލަށް ދިޔަ ޓީމު. ރެއާލް ބަލިކުރުމަކީ ފަސޭހަކަމެއްނޫން. އެކަމަކު އެކަން ކުރަން އަހަރުމެންގެ ކުޅުންތެރިން ތިބީ ވަރަށް ޕޮޒިޓިވްކޮށް. މޮޅުވުމުގެ ރޫހު އެބައޮތް،"
ޒަވީ ބުންޏެވެ.

އޭނާ ބުނީ ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް ކުޅުންތެރިންގެ ތެރޭގައި އެކަމާހެދި އެއްވެސް އަރައިރުންވުމެއްނެތް ކަމަށެވެ. އޭނާ މިހެން ބުނީ މިޑްފީލްޑަރު އިކާއީ ގުންޑޮގަން، އާއި ޑިފެންޑަރު އަރައުހޯ ހިޔާލުތަފާތުވެގެން އެކަމާހެދި ކުޅުންތެރިން ދެބައިވި ކަމަށް ވާހަކަ ދެކެވުމުން ކަމަށެވެ.

- ކޮމެންޓް