ކ. މާލެ
|
20 އޭޕްރިލް 2024 | ހޮނިހިރު 14:06
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން
ގޫގުލް
ހޫލިއަން ނާގަލްސްމަން
ނާގަލްސްމަންގެ ކޮންޓްރެކްޓް އާކުރީ ކުލަބުތަކުން އޭނަ ގެންގޮސްދާނެތީ : ޖަރުމަނު އެފްއޭ
 
އޭނާގެ ކޮންޓްރެކްޓް އާކުރީ 2026ގެ ވޯލްޑްކަޕުގެ ނިޔަލަށް

ގައުމީ ކޯޗު ހޫލިއަން ނާގަންސްމަންގެ ކޮންޓްރެކްޓް އާކުރީ ކުލަބުތަކުން އޭނާ ބޭނުންވެގެން އުޅޭވަރުން އެފުރުސަތު ނުދޭންވެގެން ކަަމަށް ޖަރުމަނު އެފްއޭއިން ބުނެފި އެވެ.

މިދިޔަ އަހަރު ގައުމީ ކޯޗުކަމާ ހަވާލުވި ޒުވާން ކޯޗުގެ ކޮންޓްރެކްޓް އާކުރީ 2026ގެ ވޯލްޑްކަޕުގެ ނިޔަލަށެވެ.

ޖަރުމަނުގެ އެފްއޭގެ ރައީސް ބާންޑް ނިއުއެންޑޯފް ވިދާޅުވީ ޔޫރަޕުގެ ބޮޑެތި ބައެއް ކުލަބުތަކުގެ ކޯޗުކަން މި ސީޒަނަށް ފަހު ހުސްވާތީވެ އޭގެ ތެރެއިން ބައެއް ކުލަބުތަކުން ނާގަލްސްމަން ކޯޗަކަށް ހަމަޖައްސަން އުޅުމަކީ އޭނާގެ ކޮންޓްރެކްޓް އާކުރި މައިގަނޑު ސަބަބު ކަމަށެވެ. ޖަރުމަނުންނާއި ނާގަލްސްމަން ވެސް ކުރިން ނިންމައިގެން ހުރީ އަންނަ ޖޫން މަހު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނަތީޖާ އަށް ފަހު ގައުމީ ކޯޗުގެ ކޮންޓްރެކްޓް އާކުރާ ގޮތަކަށެވެ.

"އަހަރުމެން ބޭނުމެއްނޫން ކުލަބުތަކަށް އެ ފުރުސަތުދޭކަށް . ސުޕަވައިޒަރީ ބޯޑުން މިކަން ނިންމީ. އެންމެނަށް ނާގަލްސްމަންގެ މަސައްކަތް ވަރަށް ކަމު ގޮސްފައިވަނީ. މިހެންވެ އޭނާ އަށް ވޯލްޑްކަޕާ ހަމައަށް ގައުމީ ކޯޗުކަން ހުސްކޮށްލަން ބޭނުންވީ،"
ނިއުއެެންޑޯފް ވިދާޅުވި އެވެ.

ނާގަލްސްމަން ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދިޔައީ އޭނާގެ ކުރީގެ ކުލަބު ޖަރު،މަނުގެ ބަޔާން މިއުނިކުންނެވެ. މީގެ އިތުރުން ސްޕޭނުގެ ބާސެލޯނާ އާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްގެ ޝޯޓް ލިސްޓުގައި ވެސް އޭނާ ހިމެނެ އެވެ. ހާއްސަކޮށް ބަޔާން މިއުނިކުން އޭނާ އަލުން ގެންދިއުމަށް ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ބަޔާންއިން ނާގަލްސްމަން ވަކިކުރުމުން ކުޅުންތެރިންގެ ތެރޭގައި ވެސް މައްސަލަ ޖެހުނެވެ. އޭނާ އަށް ބަޔާންގެ ތެރެއިން ތާއީދުކުރާ ގިނަ ކުޅުންތެރިންނަކީ ގައުމީ ޓީމުގައި ވެސް ތިބި ސީނިއާ ކުޅުންތެރިންނެވެ.

ނާގަލްސްމަން ބުނީ ކޮންޓްރެކްޓް އާކުރީ ހިތުގެ އަޑިން އެކަަމަށް ބޭނުންވެގެން ކަމަށެވެ.

"މިއީ ވަރަށް ބޮޑު ޝަރަފެއް. ގައުމީ ޓީމަށް ކޯޗުކޮށްދިނުމަކީ. އަދި ގައުމުގައި ތިބި އެންމެ މޮޅު ކުޅުންތެރިންނާއެކު މަސައްކަތް ކުރުމަކީ. އަހަރުމެންގެ ރަނގަޅު ނަތީޖާތައް މިހާރު ވަނީ ފެންނަން ފަށާފައި. މިހެންވެ ގައުމު އުފާކޮށްދެވިދާނެ ކަމަށް އަހަރެންނަށް ފެނޭ. ހާއްސަކޮށް ފްރާންސާއި ނެދަލޭންޑްސް އަތުން މޮޅުވުމުން އަހަރުމެންގެ އިތުބާރުވަނީ ބޮޑުވެފައި. އެނަތީޖާ އަކީ އަހަރެން ވެސް ގައުމީ ޓީމަށް ވަރަށް ބޮޑަށް ގުޅިގެންދިޔަ ކަމެއް،"
ނާގަލްސްމަން ބުންޏެވެ.

އޭނާ ބުނީ މިހާރުގެ އަޒުމަކީ އަމިއްލަ ގައުމުގައި ކުޅޭ ޔޫރޯގައި ރަނގަޅު ނަތީޖާއެއް ހޯދުން ކަަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް