ކ. މާލެ
|
20 އޭޕްރިލް 2024 | ހޮނިހިރު 09:12
އީސީގެ ރައީސް ފުއާދު ތައުފީގު
އީސީގެ ރައީސް ފުއާދު ތައުފީގު
ރާއްޖެއެމްވީ
އިންތިޚާބުތަކަށް ހޭލުންތެރިކުރުވުން
އިންތިޚާބުތަކާއި ދިމާކޮށް ހޭލުންތެރިކުރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން - އީސީ
 
ފުއާދު ވިދާޅުވީ 2008 އިން ފެށީގެން ކޮންމެ އަހަރަކު ވެސް އިލެކްޝަންސް ކޮމިޝަނުން ވާނީ އިންތިޚާބުތަކަށް އާއްމުން ހޭލުންތެރިކުރުމަށް މަސައްކަތްކޮށްފައި ކަމަށް

އިންތިޚާބުތަކާއި ދިމާކޮށް ހޭލުންތެރިކުރުވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ފުއާދު ވިދާޅުވީ 2008ގެ ފަހުން މިވީ 14 ވަރަކަށް އަހަރު ތެރޭގައި ކޮންމެ އަހަރަކު ވެސް އިލެކްޝަންސް ކޮމިޝަނުން ވާނީ އިންތިޚާބުތަކަށް އާއްމުން ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. ރާއްޖޭގެ ރަށްރަށުގައި އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ބަޖެޓުގައި ހިމަނާ މިންވަރުން ބޮޑު ބައެއް ބަޖެޓް ފާސްވުމުގެ ކުރިން އުނިކުރާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަހަރު ފެށުމާއި އެކުގައި އެވެއަރނެސް އަށް ހޭދަކުރަން ލިބޭ ފައިސާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޭދަކޮށް ނިމޭ ކަަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ. ދިވެހިން އިންތިޚާބަށް ހޭލުންތެރިކުރުމަށް އެކަށީގެންވާ ފައިސާ ނުލިބޭ ކަމަށް ފުއާދު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އަނެއްކޮޅުން މިސާލަކަށް މީޑިއާތަކަށް ހޭދަކުރަން ވެސް ލިބެނީ ވަރަށް ކުޑަ ކުޑަ އަގެއް. ފުރުސަތުދޭ މީޑިއާތަކަށް ބަހާލަން މި އޮންނަނީ އުސޫލެއްގެ ގޮތުން. މީޑިއާތަކުން އަގަށް ބަލައިފިއްޔާ ހަފްތާ އެއް ތެރޭގަވެސް ދާނެ ވަރަށް ޚަރަދުތައް. ހޭލުންތެރިކުރުމަށްޓަކާ ކުރަންވާ ވަރާއި ގާތަށް ވެސް މަސައްކަތް ނުކުރެވޭ. އެންމެ ބޮޑަށް އެ މަސައްކަތް ކުރެވެނީ އެ މީޑިއާތަކުން ހިލޭ އެކަން ކޮށްދެއްވާތީ. ޚާއްސަކޮށް ޓީވީ ޗެނަލްތަކުގައި. އޮންލައިން މީޑިއާތަކުން ވެސް އެހީތެރިކަން ދެއްވާ
ފުއާދު ތައުފީގް

ފުއާދު ވަނީ ކޮރަޕްޝަނާއި، އިންތިޚާބުތަކާއި ގުޅިގެން ހިނގާ ނުރަނގަޅު ކަންކަމާއި މެދު އާއްމުންނަށް މައުލޫމާތު ދިނުމަށް އެކަށީގެންވާ ބަޖެޓެއް ލިބިއްޖެ ނަމަ މިހާރަށް ވުރެ ފުޅާކޮށް މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަޅުގަނޑުމެން ދިވެހިންގެ ސަަޤާފަތް އޮންނަ ގޮތުން ކޮރަޕްޝަން ފަދަ ކަންކަމާއި މެދު އެންމެ ރަނގަޅު ނޫން މައުލޫމާތު އާއްމުންނަށް ލިބޭ ކަމަށް ފުއާދު ވިދާޅުވިއެވެ. އެފަދަ ކަންކަމާއި މެދު އާއްމުންނަށް މައުލޫމާތު ދިނުމަށާއި ކެނޑިޑޭޓުން ހޮވުމަށް ވޯޓު ދިނުމުގެ މުހިންމު ކަން އަންގާދިނުމަށް ވެސް ހޭލުުންތެރިކަމަކީ ވަރަށް މުހިންމުކަމެއްކަން ފުއާދު ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް