ކ. މާލެ
|
20 އޭޕްރިލް 2024 | ހޮނިހިރު 04:34
އެމްޑީޕީގެ މިސްރާބު ހަމަ މަގަށް ކެމްޕެއިން ހިނގާލުން
އެމްޑީޕީގެ މިސްރާބު ހަމަ މަގަށް ކެމްޕެއިން ހިނގާލުން
އެމްޑީޕީ
އެމްޑީޕީ ކެމްޕެއިން
ކެމްޕެއިންގައި އަރާ ކޮންމެ ރަށަކުން ފެންނަނީ ވަޒީފާގެ ބިރުވެރިކަން އޮތް މިންވަރު: ފައިސަލް
 
ހުއްޓުވާފައިވާ މަޝްރޫޢުތައް ކުރިޔަށްގެންދިޔުމަށް އެމްޑީޕީއަށް މެޖޯރިޓީ ބޭނުންވާކަމަށް ފައިސަލް ވިދާޅުވި

ކެމްޕެއިން ތެރޭގައި އެރި ކޮންމެ ރަށަކުންވެސް ފެނިގެންދިޔައީ ވަޒީފާގެ ބިރުވެރިކަން އޮތް މިންވަރުކަމަށް އެމްޑީޕީ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މިސްރާބު ހަމަ މަގަށް ކެމްޕެއިން ހިނގާލުމުގައި "ރާއްޖެޓީވީ" އަށް ދެއްވި އިންޓަރވިއުގައި ފައިސަލް ވިދާޅުވީ މިސަރުކާރުން ވަޒީފާގެ ބިރުވެރިކަން ދައްކަމުންދަނީ މީގެ ކުރިން އެކަން ނެތް މިންވަރަށްކަމަށެވެ. އެހެންކަމުން މިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެއިތުރުން ފައިސަލް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ރަށްރަށުގައި ފަށާފައިވާ މަޝްރޫޢުތައް ވަނީ ހުއްޓުމަކަށް އައިސްފައިކަމަށެވެ. މިމަޝްރޫޢުތަކަކީ އެތައް އަހަރެއް ވަންދެން ރައްޔިތުން އިންތިޒާރުކުރަމުންދިޔަ އަސާސީ ޚިދުމަތްތައްކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެދާއިރާތަކަށް އެމްޑީޕީގެ މެމްބަރުން ހޮވައިގެން އެ މަޝްރޫޢުތައް ކުރިޔަށްގެންދިޔުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްތައް ކުރެވޭނެކަމަށް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަންކަމަށާއި އެކަމަށް ހައްލު ގެނައުމަށް އެމްޑީޕީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުވެސް މިސަރުކާރުން ހުއްޓުމަކަށް ގެނެސްފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެންކަމުން މިކަންކަމަށް ހައްލު ގެނެވޭނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެންކަމަށާއި އެމްޑީޕީ އަށް މެޖޯރިޓީ ލިބިއްޖެނަމަ މިކަންކަން ހަމަމަގަށް އަޅުވާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
100%
0%
0%
0%
ކޮމެންޓް