ކ. މާލެ
|
18 އޭޕްރިލް 2024 | ބުރާސްފަތި 19:47
ޔާމީނު ހުޅުމާލެ ވަޑައިގެން ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ޔާމީނު ހުޅުމާލެ ވަޑައިގެން ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ސަން
ވ. އާރަށުގެ ޚިޔާނާތުގެ މައްސަލަ
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
 
ޔާމީނަށް މިހާރު އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ބާތިލު
 
ޝަރީޢަތު ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތުދީ އެކަންކަމާ ގުޅިގެން އަލުން ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ތަޙްވީލުކުރި
 
ޔޫސުފް ނައީމަށް ކުރި ޙުކުމްވެސް ވަނީ ބާތިލުކޮށްފައި

ފެލިދެއަތޮޅު އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި އަބްދުﷲ ޔާމީނުގެ މައްޗަށް ކުރި، މަނީ ލޯންޑަރިންގއާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ޙުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

ޔާމީނަށް ކުރާ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވަނީ ޙުކުމް ކޮށްފައެވެ.

އަދި ޔާމީނުގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައި ވާކަަމަށް ކަނޑައަޅައި، 4 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. 

ހައިކޯޓުން އެ ޙުކުމް ބާތިލުކޮށްފައިވަނީ ބުރާސްފަތި ދުވަހު އެ ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައެވެ.

މި މައްސަލައިގައި ފުރަތަމަ ކުރިއަށްދިޔަ އަޑުއެހުމުގައި ޔޫސުފް ނަޢީމްގެ މައްޗަށް ސާބިތުވެފައިވާ ޙުކުމް ހައިކޯޓުން ވަނީބާތިލުކޮށްފައެވެ. އެއަށްފަހު ދެން ކުރިއަށް ދިޔައީ ޔާމީނަށް ސާބިތުވެފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ޙުކުމުގެ ބައެވެ. އެ ޙުކުމްވެސް ހައިކޯޓުން ވަނީބާތިލުކޮށްފައެވެ.

  • ޔާމީނަށް މިހާރު އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ބާތިލުވުން
  • ޙުކުމް ބާތިލުވި ނަމަވެސް، ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތުދީ، އެކަންކަމާ ގުޅިގެން އަލުން ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ތަޙްވީލުކުރުން
  • ޝަރީއަތް ފެށުނު ފަހުން ދައުލަތުން ހުށަހެޅި "ސަޕްރައިޒް ހެކި" އެއްފަރާތްކުރުން
  • މާލީ ބަޔާނުގައި ބުނާ "އެމްއެމްޕީއާރްސީ ފައިސާކަމަށް އަދީބު ބުނާ ފައިސާ" މި އިބާރާތުން އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ޔާމީނަށް އެނގޭނެކަމަށް ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ނިންމުން
  • ޝަރީޢަތް އިތުރަށް ކުރިއަށްގެންދާއިރު ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހެކިތައް ވަޒަންކޮށްގެން ޝަރީޢަތް ކުރިއަށްގެންދިއުން
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް