ކ. މާލެ
|
18 އޭޕްރިލް 2024 | ބުރާސްފަތި 18:52
އަބްދުލް ރަޙްމާން އިސްމާއިލް ޕީއެންސީގެ ޖަލްސާއެއްގައި
އަބްދުލް ރަޙްމާން އިސްމާއިލް ޕީއެންސީގެ ޖަލްސާއެއްގައި
އަލީ ވަހީދު
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
އަލީ ވަހީދަކީ މީގެ ކުރިން ތޮއްޑޫ ދާއިރާގެ މެމްބަރުކަމާއި ސަރުކާރުގެ ވަޒީރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެއް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އަބްދުލް ރަޙްމާން އިސްމާއިލް ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯޒްކޮށްފިއެވެ.

އަލީ ވަހީދުގެ ނަން ކުޅުދުއްފުށި ކެމްޕެއިން ނިންމާ "ވަތަނީ ބާރާއި ހައްގުވި މިންވަރު ޖަލްސާ" މިރޭ ރާއްޖެޓީވީ އިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާގައި ވެސް އޭނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެ ޖަލްސާ އޮންނާނީ މިރޭގެ 08:50ގައެވެ.

އަލީ ވަހީދަކީ މީގެ ކުރިން ތޮއްޑޫ ދާއިރާގެ މެމްބަރުކަމާއި ސަރުކާރުގެ ވަޒީރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އަދި ސިޔާސީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

- ކޮމެންޓް
18 އޭޕްރިލް 2024 | ބުރާސްފަތި 20:45
ިއިބްރާހިމް
ހަޑި ހުތުރު ބަހުން ޕަބްލިކްގައި ވާހަކަ ދައްކާފައިވާ އެއްވެސް ބޭފުޅަކަށް ދިވެހި ރައްޔިތުން ވޯޓްނުދެއްވުމަށް ގޮވައިލަން. މަޖިލީހުގައިވެސް އެބޭފުޅުން ހަޑިހުތުރު ބަހުން ވާހަކަދައްކައި މަޖިލިސް ޚަރާބުކުރާނެތީ ވޯޓްނުދޭންވީ. އެވަރިހަމަ ކޮންމެ ޕާޓީއަކުން އައިކަމަށްވީނަމަވެސް ވޯޓްނުދޭންވީ.