ކ. މާލެ
|
23 އޭޕްރިލް 2024 | އަންގާރަ 18:36
ނަޔާ ކުޅުދުއްފުށި ގޮފި ހެދުމަށް އާންމުން ސޮއިކުރަނީ
ނަޔާ ކުޅުދުއްފުށި ގޮފި ހެދުމަށް އާންމުން ސޮއިކުރަނީ
އަލީ ވަހީދު
ނަޔާ ކުޅުދުއްފުށި
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
 
އިންތިހާބުގައި އަލީ ވަހީދަށް ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގަތީ 92 ވޯޓުގެ ތަފާތަކުން
 
ގަޑިއިރެއް ތެރޭ 100 މެމްބަރުން ސޮއިކުރި

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފިއެވެ.

ކުޅުދުއްދުފުށި ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަދި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޔާ ކުޅުދުއްފުށި ގޮފި އުފައްދައި 1100 ރައްޔިތުން ކުރި އުންމީދާއެކު ތެދުވެވަޑައިގެންނެވީ ހިތްވަރާއެކު އެމް.ޑީ.ޕީ ކުޅުދުއްފުށީގައި ރުކުރުވާލައްވަން ކަމަށެވެ. އަދި ގަޑިއިރެއް ތެރޭ 100 މެމްބަރުން ނަޔާ ކުޅުދުއްފުށި ގޮތްޕަށް ސޮއި ކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި އަލީ ވަހީދު ވާދަކުރެއްވި އިރު އާދީއްތަ ދުވަހު ބޭއްވި އިންތިހާބުގައި އަލީ ވަހީދަށް ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގަތީ 92 ވޯޓުގެ ތަފާތަކުންނެވެ. އަލީ ވަހީދަށް އިންތިހާބުގައި ލިބިވަޑައިގަތީ 1136 ވޯޓެވެ. އަދި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ސަރުކާރުގެ ކެންޑިޑޭޓަށް ލިބުނީ 1228 ވޯޓެވެ.

ވަގުތީ ނަތީޖާއަށްފަހު އަލީ ވަހީދު ވިދާޅުވީ 1100 ކުޅުދުއްފުށި ރައްޔިތުން ދެކުނު ނަޔާ ކުޅުދުއްފުށީގެ ތަސައްވުރާއެކީ ސާބިތުވެ ހުންނަވާނެ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބު ކުރެއްވި އިންތިޚާބީ މެމްބަރު ފަރުހަތުއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އޭނާއަށް ވޯޓު ދެއްވި އަދި ހެޔޮ ދުޢާކޮށް މަސައްކަތްކޮށްދެއްވި ރައްޔިތުންނަށް ޝުކުރު ދަންނަވާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
20%
0%
0%
0%
80%
ކޮމެންޓް