ކ. މާލެ
|
18 އޭޕްރިލް 2024 | ބުރާސްފަތި 14:33
އަންހެނަކު ކުޑަ ކުއްޖަކު ގޮވައިގެން އިނދެ މަސައްކަތް ކުރަނީ
އަންހެނަކު ކުޑަ ކުއްޖަކު ގޮވައިގެން އިނދެ މަސައްކަތް ކުރަނީ
ޔޫއެންއެފްޕީއޭގެ ރިޕޯޓް
4 އަންހެނަކުން 1 އަންހެނަކީ، ޖިންސީ ގުޅުމަށް ނޫނެކޭ ބުނެވޭ މީހެއް ނޫން: ޑރ. ނަތާލިއާ
 
ޑރ.ނަތާލިއާ ޣާނިމް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މާބަނޑު މީހުންނާއި ވިހަމުންދާ މީހުންގެ ޤާތިލަކަށް 'ހަމަހަމަކަން ނެތުން' ވެފައި ވާ ކަމަށް
 
ރަނގަޅު ޞިއްޙީ ޚިދުމަތް ހޯދާ، ލިބިގަތުމުގައި، ހަވާސާވެ ބާކީވެފައިވާ އާބާދުތަކުގެ އަންހެނުންނަކީ މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައި މަރުވުމުގެ ފުރުޞަތު ބޮޑު ބައެއް

ތަނަވަސްކަމާއި ފޯރުންތެރިކަމަކީ އެންމެންނަށް އެއް ހަމައެއްގައި ލިބެން އޮތް ނަޞީބެއް ނޫނެވެ. ނަމަވެސް، އެފަދަ ނަޞީބަކުން، ބަޔަކު ގަސްތުގައި މަހްރޫމު ކުރެވެމުން ދާނަމަ، އެއީ ދެވޭ އަނިޔާއެކެވެ. ލާއިންސާނީ ޖަރީމާއެކެވެ. ޢާއިލާ ރޭވުމާއި ދަރިމައިވުމުގެ ޞިއްޙަތާ ބެހޭ އދގެ އިދާރާ (ޔޫއެންއެފްޕީއޭ) އިން އޭޕްރިލް 17 ވަނަ ދުވަހު އާންމު ކުރި ރިޕޯޓުންވެސް ދިނީ އެފަދަ އިންޒާރެކެވެ.

އެކަށީގެންވާ، ނުވަތަ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ހޯދާ، ލިބިގަތުމުގައި، ހަވާސާވެ ބާކީވެފައިވާ އާބާދުތަކުގެ އަންހެނުންނަކީ މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައި މަރުވުމުގެ ފުރުޞަތު ބޮޑު ބައެއް ކަމަށް ޔޫއެންއެފްޕީއޭގެ ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައި މައިން މަރުވާ ނިސްބަތް، 2016 ވަނަ އަހަރަށް ފަހު ދަށަށް ގޮސްފައި ނުވާ ކަމަށާ، ބައެއް ޤައުމުތަކުގައި އެ ރޭޓް ދަނީ އުފުލެމުން ކަމަށްވެސް އދގެ ރިޕޯޓް ބުނެއެވެ.

ޔޫއެންއެފްޕީއޭގެ އެގްޒެކެޓިވް ޑިރެކްޓަރު، ޑރ.ނަތާލިއާ ޣާނިމް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މާބަނޑު މީހުންނާއި ވިހަމުންދާ މީހުންގެ ޤާތިލަކަށް 'ހަމަހަމަކަން ނެތުން' ވެފައި ވާ ކަމަށެވެ. ޞިއްޙީ ނިޒާމު، ނާޒުކު ފައްތަރެއްގައި އޮތް ޤައުމެއްގެ އަންހެނަކު ބަލިވެ އިނދެ، ވިހެއުމުގެ ތެރޭގައި ކުރިމަތިލާން ޖެހޭ ތަކުލީފުތަކުގެ ސަބަބުން މަރުވުމުގެ ފުރުޞަތު، ކުއްލި ހާލަތުގެ ފަރުވާ އެކަށީގެންވާ ގޮތުގައި ލިބެން ހުރި ޤައުމެއްގައި އިން މާބަނޑު މީހަކަށް ވުރެ، 130 ގުނަ އިތުރު ކަމަށްވެސް ޑރ ނަތާލިއާ ފާހަގަ ކުރެއްވިއެވެ.

މިއަދު ޑޭޓާއިން ސާފުކޮށް އެ ފެންނަނީ ދަރިއަކު އުފަން ކުރުމުގެ ތެރޭގައި އަންހެނުން މަރުވާ ރޭޓުތައް، މީ ޤަބޫލު ކުރެވޭނެ ރޭޓުތަކެއް ނޫން. ސިއްހީ ނިޒާމު ނާޒުކު ގައުމެއްގެ އަންހެނަކު ބަލިވެ އިނުމާއި ވިހެއުމުގެ އުދަނގޫތަކުގެ ސަބަބުން މަރުވުމުގެ ފުރުސަތު 130 ގުނަ އިތުރުވޭ. އަދި، ޤައުމުތަކުގެ ފެންވަރުގައިވެސް ފަރަޤުތަކެއް ހުރި އިރު، ދޭސީ ފެންވަރުގައިވެސް އެކަށީގެންވާ ޚިދުމަތް ލިބިގަތުމުގައި ބޮޑެތި ފަރަޤުތަކެއް ހުރިކަން އަހަރެމެންނަށް މި ވަނީ ފާހަގަ ކުރެވިފަ.
ޑރ. ނަތާލިއާ ޣާނިމް؛ ޔޫއެންއެފްޕީއޭގެ އެގްޒެކެޓިވް ޑައިރެކްޓަރ

ބަލިވެ އިނުމާއި ވިހެއުމުގެ ތެރޭގައި ފުރާނަ ސަލާމަތް ކުރުމުގެ ފުރުޞަތު އޮތް މައިންގެ 2 ބައިކުޅަ 1 ބައި މައިން މަރުވެ ދަނީ، އިންސާނީ ކާރިޘީ ހައްސާސްކަމާއި، ކުރިމަތިލުންތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށް އދގެ ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އެފަދަ މަރުގެ ކޭސްތަކުގެ ޢަދަދު، ދުވާލަކު 500 އަށް އަރާ ކަމަށް އދއިން އަންދާޒާ ކުރެއެވެ.

ިހެއުމުގެ ތެރޭގައި މަރުވާ މައިންގެ ޢަދަދު ދަށް ކުރެވޭ މިންވަރު އޮތީ ސުންރޭޓުގަ. ބަލިވެ އިނުމާއި ވިހެއުމުގެ ތެރޭގައި ފުރާނަ ސަލާމަތް ކުރުމުގެ ފުރުޞަތު އޮވެމެ، މި ދުނިޔެއާ ވަކިވާ މައިންގެ ޢަދަދު ދަށް ކުރުމުގެ ރޮނގުން ކުރިއެރުމެއް ލިބުން ސުން ރޭޓުގަ އުޅެނީ 2016 ވަނަ އަހަރުން ފަށައިގެން. ކޮންމެ 4 އަންހެނަކުން އެކަކީ އޭނާގެ ޞިއްޙީ ކަންކަމުގައި އަމިއްލައަށް ބަސްބުނެ، ގޮތް ނިންމޭ ޙާލުގަ އިން މީހެއް ނޫން. ކޮންމެ 4 އަންހެނަކުން 1 އަންހެނަކީ، ޖިންސީ ގުޅުމަށް ނޫނެކޭ ބުނެވޭ ޙާލެއްގައި އިން މީހެއް ނޫން. ކޮންމެ 10 މީހަކުން 1 އަންހެނަކީ، ޖިންސީ ގުޅުން ހިންގާއިރު ދޭދެތެރެ ދުރުކުރާނެ ވަޞީލަތްތައް ބޭނުން ކުރުމުގެ އަމިއްލަ އިޚްތިޔާރު އޮތް މީހެއް ނޫން.
ޑރ. ނަތާލިއާ ޣާނިމް؛ ޔޫއެންއެފްޕީއޭގެ އެގްޒެކެޓިވް ޑައިރެކްޓަރ

ވަކިވަކި ޤައުމުތަކާއި ނަސްލުތަކަށް ބަލާއިރު، އެމެރިކާގައި ދިރިއުޅޭ އެފްރިކާ ދަރިކޮޅުގެ އަންހެނުންނަކީ ބަލިވެ އިނުމާއި ވިހެއުމުގެ ތެރޭގައި، ފުރާނަ ގެއްލި ދިއުމުގެ ނުރައްކާ، ހަމަ އެތަނުގައި ދިރިއުޅޭ ދޮން ނަސްލުގެ އަންހެނުންނަށް ވުރެ ބޮޑު ބައެކެވެ. ސީދާ ޢަދަދަށް ބަލާނަމަ، 3 ގުނަ އިތުރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް