ކ. މާލެ
|
4 މާރޗް 2023 | ހޮނިހިރު 01:25
އޮބީސިޓީ
އޮބީސިޓީ
އަލްޖަޒީރާ
އޮބީސިޓީ
2035 އާހަމަޔަށް ދާއިރު ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ތިބޭނީ ފަލަކޮށް
 
މި މައްސަލަ އެންމެ ބޮޑުވާނީ މެދު އަދި ދަށް ފަންތީގެ ގައުމުތަކުގައި

ވަރލްޑް އޮބީސިޓީ ފެޑަރޭޝަންއިން ނެރެފައިވާ ރިޕޯޓެއް ބުނާގޮތުން, (އެކަމާ ދެކޮޅަށް ފިޔަވަޅު ނާޅައިފިނަމަ) 2035 ވަނަ އަހަރު އަންނަން ވާއިރު ދުނިޔޭގެ އާބާދީގެ 51 އިންސައްތަ ނުވަތަ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެއްގެ މީހުން ތިބޭނީ އިސްކޮޅަށްވުރެ ބަރުކޮށެވެ. އޭގެ ތެރެއިންވެސް ކޮންމެ ހަތަރު މީހަކުން އެކަކު ތިބޭނީ "އޮބީސް" ނުވަތަ ވަރަށް ފަލަކޮށެވެ.

ރިޕޯޓްގައި އިތުރަށް ބުނެފައިވާގޮތުގައި ކުޑަކުދިންގެ މެދުގައި ފަލަވުމުގެ ކަންތައް ވަރަށް އަވަހަށް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. ޚާއްސަކޮށް އާމްދަނީ މަދުން ލިބޭ ގައުމުތަކުގައި މިމައްސަލަ މާ ބޮޑުކަން ފާހަގަކޮށްފައިވެއެވެ.

ވަރލްޑް އޮބީސިޓީ ފެޑަރޭޝަންގެ ރައީސް ލުއީސް ބައޮއަރ، ރިޕޯޓްގައި ވިދާޅުވެފައިވާގޮތުގައި، މިކަން މިހެން ވިޔަނުދިނުމަށްޓަކައި ޕޮލިސީތައް އެކުލަވާލާ ފަރާތްތަކުން މިހާރުއްސުރެ ފިޔަވަޅު އެޅުން ވަރަށް މުހިންމެވެ. ކުޑަކުދިންނާއި ޒުވާނުންގެ ހާލަތު ގޯސްވަމުންދާތަން ފެންނާތީ ކަންބޮޑުވާކަމަށާއި، މިކަން ރަނގަޅުކުރުމަށް ސަރުކާރުތަކުން ފިޔަވަޅު އަޅައި، ސިއްހީ ނިޒާމާއި ސޯޝަލް ހެލްތުގެ ކަންތައް ރަނގަޅު ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މިއީ ހަމައެކަނި ވަކިވަކި ފަރުދުންގެ މައްސަލަ އެއްނޫން ކަމަށާއި، މިކަމުގައި ސޮސައިޓީ، ދިރިއުޅޭ ވެށި، އަދި ބަޔޮލޮޖިކަލް މައްސަލަތައް އެކުލެވޭ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. މިހެން ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ޕްރޯސެސްޑް ކާތަކެތި ގިނައިން ބޭނުންކުރުމާއި، ހަރަކާތް މަދު ވުމާއި، ފުޑްސަޕްލައި އަދި މާކެޓިންގގެ ހަރުދަނާ ގަވާއިދުތަކެއް ހެދިފައި ނެތުމާއި، ބަރުދަން މެނޭޖްކުރާނެ ގޮތާއި އެހެންވެސް ސިއްހީ މައުލޫމާތު ފޯރުކޮށްދޭފަދަ ރަގަޅު ހެލްތު ކެއަރ ނިޒާމެއް ނެތުން ހިމެނެއެވެ.

މީހާގެ ބަރުދަން ހުރީ ރަގަޅަށްތޯ ބަލަނީ މީހާގެ ބަރުދަނާއި އިސްކޮޅު އަޅައިކިޔައިގެންނެވެ. ޑަބްލިއު އެޗްއޯގެ މިންގަނޑުތަކަށް ބަލާއިރު; ބީއެމް އައި- ސްކޯރ 25ށްވުރެ މަތިނަމަ ބަލަނީ އޯވަރ ވެއިޓް ކަމަށެވެ. އަދި 30ށްވުރެ މަތިނަމަ ބަލަނީ އޮބީސްގެ ގޮތުގައެވެ.

2020ވަނަ އަހަރުގެ ރިކޯޑަތައް ދައްކާ ގޮތުން 2.6 ބިލިއަން މީހުން ވަނީ މި ދެ ކެޓަގަރީއަށް ފެތިފައެވެ. އެއީ ދުނިޔޭގެ މުޅި އާބާދީގެ 38 އިންސައްތައެވެ. ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައި ވާގޮތުގައި ކުރިއަށް އޮތް ބާރަވަރަކަށް އަހަރުގެތެރޭގައި އޯވަރވެއިޓްވުން ނުވަތަ އޮބީސިޓީގެ މައްސަލަ އެންމެ ބޮޑުވާނެކަމަށް އަންދާޒާކުރެވެނީ އޭޝިޔާ އަދި އެފްރިކާގެ، ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައެވެ.  

ވަރލްޑް އޮބީސިޓީ ފެޑަރޭޝަންގެ ހޯދުންތައް އދ. އަށާއި މެމްބަރު ގައުމުތަކަށް އަންނަ ހަފުތާގައި ހުށަހެޅޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް