ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 22:55
އިސްރާއިލް ގެ ބޮޑުވަޒީރު ނަތަންޔާހޫ އަދި އިގިރޭސި ފޮރިން ސެކްރެޓަރީ  ލޯޑް ކެމަރަން
އިސްރާއިލް ގެ ބޮޑުވަޒީރު ނަތަންޔާހޫ އަދި އިގިރޭސި ފޮރިން ސެކްރެޓަރީ  ލޯޑް ކެމަރަން
ބީބީސީ
ނަތަންޔާހޫ ކެމަރަން ބައްދަލް ކުރެއްވުން
ކަންތައްކުރާނެ ގޮތެއް ނިންމާނީ އިސްރާއިލުން އަމިއްލަޔަށް : ނަތަންޔާހޫ
 
އިގިރޭސި ސަރުކާރުން އުއްމީދު ކުރީ ކެމަރަންގެ ދަތުރުފުޅުގެ ސަބަބުން ކޮންމެވެސް ވަރަކަށް މައްސަލަޔަށް ފިނިކަމެއް އަންނާނެ ކަމަށެވެ

އީރާނުން އިސްރާއިލަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގައި އިސްރާއިލުން ގޮތެއް ނިންމާނީ އަމިއްލަޔަށް ކަމުގައި އިސްރާއިލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ. އިގިރޭސި ފޮރިން ސެކްރެޓަރީ ލޯޑް ކެމަރަން އާ ބައްދަލް ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ އިސްރާއިލްގެ އަމިއްލަ ދިފާއުގައި ކުރަން ޖެހުނު ކޮންމެ ކަމެއް އޭނާގެ ސަރުކާރުން ކުރާނެ ކަމުގައެވެ.

ނަތަންޔާހޫ ވަނީ އީރާންގެ ހަމަލާތަކަށް ރައްދު ދޭނެ ކަމަށް ކުރިން އެތައް ފަހަރަކު ވިދާޅުވެފައެވެ.

އިގިރޭސި ސަރުކާރުން އުއްމީދު ކުރީ ކެމަރަންގެ ދަތުރުފުޅުގެ ސަބަބުން ކޮންމެވެސް ވަރަކަށް މައްސަލަޔަށް ފިނިކަމެއް އަންނާނެ ކަމަށެވެ. ބުދަދުވަހުގެ ބައްދަލަ ކުރެއްވުމުގައި ކެމަރަން ވަނީ އިސްރާއިލުން ދޭ ރައްދެއް ވާންޖެހޭނީ ވަކި ހުދޫދެއްގެ ތެރޭގައި ދެވޭ،ސްމާރޓް ރައްދަކަށް ކަމުގައެވެ. ރިޕޯޓަރުންނާބައްދަލް ކުރައްވާ ކެމަރަން ވިދާޅުވީ މިދަތުރުފުޅަކީ އިރާންގެ ކުއްލި ހަމަލާޔަށް ފަހު އިސްރާއިލާ އެކުގައި ވާކަން ހާމަ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މައްސަލަ އިތުރަށް ގޯސްވެގެން ދިއުމަކީ އެއްވެސް ފަރާތަކުން އެދޭނެ ގޮތް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ނަތަންޔާހޫ ވިދާޅުވީ މިކަމުގައި ގޮތް ނިންމާނީ އިސްރާއިލުން އަމިއްލަޔަށް ކަން ހުރިހާފަރާތް ތަކަކަށްވެސް ސާފުކޮށްދޭން ބޭނުން ކަމުގައެވެ. އަދި އަމިއްލަ ދިފާއުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ސްޓޭޓް އޮފް އިސްރާއިލުން ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

ނަތަންޔާހޫގެ މިމެސެޖަށް ފަހު، އީރާނަށް ރައްދު ނުދިނުމަށް ގޮވާލެވޭނެ މިންވަރު ހުޅަގުގެ ގައުމުތަކަށް އެގިގެން ހިގައްޖެ ކަމަށް ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް