ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 14:32
އދ.ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ފަލަސްތީނުން ކުރާ މަސައްކަތް ކޮންމެ ފަހަރަކުވެސް ވީޓޯ ކޮށްލަނީ އެމެރިކާޢިން -- ފޮޓޯ: ފްރާންސް 24
އދ.ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ފަލަސްތީނުން ކުރާ މަސައްކަތް ކޮންމެ ފަހަރަކުވެސް ވީޓޯ ކޮށްލަނީ އެމެރިކާޢިން -- ފޮޓޯ: ފްރާންސް 24
ފަލަސްތީނަށް އދ.ގެ މެންބަރުކަން ދިނުން
ފަލަސްތީނަށް އދ.ގެ މެންބަރުކަން ދިނުމަށް ސަލާމަތީ މަޖިލީހުގައި ބުރާސްފަތި ދުވަހު ވޯޓަށް އަހާނެ
 
އދ.ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް 2011 ވަނައަހަރު ވެސް ފަލަސްތީނުން ހުށަހެޅުމުން އެފަހަރު ވެސް އެކަން ވީޓޯކުރީ އެމެރިކާއިން

ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ބަލައިގަތުމާ މެދު އދގެ ސަލާމަތީ މަޖިލީހުގައި ބުރާސްފަތި ދުވަހު ވޯޓަށް އަހާނެ ކަމަށް ޑިޕްލޮމެޓިކް ބައެއް ފަރާތްތަކުން އޭއެފްޕީއަށް ބުނެފިއެވެ.

ފަލަސްޠީނުގެ ހަނގުރާމަވެރިންގެ ރޮކެޓް ޙަމަލާތަކާ ގުޅިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އަސްކަރީ ޙަމަލާތައް ދެމުންދާތާ 6 މަސްވެފައިވާއިރު، ސަލާމަތީ މަޖިލީހުގައި ވޯޓަށް އެ އަހަނީ، އިސްރާއީލާއި ފަލަސްޠީނުގެ ދެމެދުގައި ޒަމާނުއްސުރެ ހިނގަމުންދާ ހަމަނުޖެހުންތަކުގައި ނުތަނަވަސްކަން ވަރަށްބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އޭޕްރީލް މަހުގެ ކުރީކޮޅު ފަލަސްތީނުން ވަނީ އދ.ގައި އެމީހުންގެ ދަރަޖަ އޮބްޒާވަރެއްގެ މަގާމުން ސޮވެރިން މެންބަރު ގައުމަކަށް ބަދަލުކުރުމަށް 2011 ވަނަ އަހަރު މެދުކަނޑާލި އެޕްލިކޭޝަން އަލުން އިއާދަކޮށްފައެވެ. ނަމަވެސް ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ތެރޭގައި ހިމެނޭ އެމެރިކާ ވީޓޯކުރުމުން މިކަން ވަނީ ނާކާމިޔާބު ވެފައެވެ.

ސަލާމަތީ މަޖިލީހުގެ ޑިޕްލޮމެޓަކު ނަން ނުޖެހުމަށް ޝަރުތުކޮށް އޭއެފްޕީއަށް ބުނީ ފަލަސްތީނުގެ ފަރާތުން ސަލާމަތީ މަޖިލީހަށް އެޕްލިކޭޝަން ލިބިފައިވާ ކަމަށާއި ވޯޓު ނެގުމަށް ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހަށް ކަމަށެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ.ގެ ކިބައިން އެދިވަޑައިގެންފައި ވަނީ އިސްރާއީލުން މަސައްކަތް ކުރަނީ ދެ ދައުލަތުގެ މެދުގައި މަޝްވަރާކޮށްގެން ދެ ދައުލަތެއްގެ ހައްލެއް ގެނައުމަށް ކަމަށާއި އޭގެ ބަދަލުގައި، ފުރިހަމަ ދައުލަތެއްގެ މެންބަރުކަމަށް ރުހުން ދިނުމަށެވެ.

އިސްރާއީލުން ވަނީ އދ.ގައި ފަލަސްތީނުން އެޅި ފިޔަވަޅަކީ ކުރީގެ އެއްބަސްވުންތަކާ ހިލާފު ކަމެއް ކަމަށް އިންޒާރު ދީފައެވެ. އަދި ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ހޯދޭނީ ސީދާ ސުލްހައިގެ މަޝްވަރާތަކުން ކަމަށް އެ އިސްރާއީލުން ބުނެއެވެ.

އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ވަނުމަށް ފަލަސްތީނުގެ އެޕްލިކޭޝަނަށް 193 މެންބަރުން ހިމެނޭ ޖެނެރަލް އެސެމްބްލީގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަން ޖެހޭ އިރު، ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުން ކަމަށްވާ އެމެރިކާ، ރަޝިއާ، ޗައިނާ، އިނގިރޭސިވިލާތް އަދި ފްރާންސް މިއިން އެއްވެސް ގައުމަކުން ވީޓޯކޮށްފިނަމަ އެ ވޯޓު ފާހެއް ނުވާނެއެވެ.

15 މެންބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގައި ފަލަސްތީނަށް ބޭނުންވާ ނުވަ ވޯޓު ލިބުނަސް، 2011 ވަނަ އަހަރު ހުށަހެޅި އެޕްލިކޭޝަނާ އެއްގޮތަށް، މެންބަރުކަމަށް ހުރަސް އެޅުމަށް ވީޓޯގެ ބާރު ބޭނުން ކުރާނެ ކަމުގެ އިޝާރާތެއް އެމެރިކާއިން ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް