ކ. މާލެ
|
16 އޭޕްރިލް 2024 | އަންގާރަ 19:28
އާރް.ޓީ.އެލްގެ ޚިދުމަތަށް އަހަރެއް، މި ސަރުކާރަށް ރައްޔިތުންގެ ހިފެއްޓުމެއް ނެތް ޝުކުރު
އާރް.ޓީ.އެލްގެ ޚިދުމަތަށް އަހަރެއް، މި ސަރުކާރަށް ރައްޔިތުންގެ ހިފެއްޓުމެއް ނެތް ޝުކުރު
އެމްޓީސީސީ
އާރުޓީއެލް
ނ، ރ އަދި ބ އަތޮޅުގައި އާރުޓީއެލް ފެށުން: ކުރީ ސަރުކާރުން އޮތީ ފައިސާ ހަމަޖައްސާ އުޅަނދުތައް ބަނދެފައި
 
ނ، ރ އަދި ބ އަތޮޅުގައި އާރުޓީއެލް ފެށުމަށް އުޅަނދުތައް ހުރީ ބަނދެ ނިމިފައި

ނ، ރ އަދި ބ އަތޮޅުގައި އާރުޓީއެލް ފެށުމަށް އެގްރީމެންޓެއްގައި މި ސަރުކާރުން ސޮއިކުރި އިރު، ކުރީ ސަރުކާރުން އޮތީ ފައިސާ ހަމަޖައްސާ އުޅަނދުތައް ބަނދެފައި ކަމަށާއި، ދެންޖެހޭނީ ދުއްވާނެ މީހުން ހޯދަން އެކަނިކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ހިންނަވަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ޞާލިޙު ވިދާޅުވީ ދޭތެރެއަކުން އައު މަޝްރޫއެއްގައި ސޮއިކުރިކަން އިއުލާންކޮށްލާތަން ފެނިގެންދާ ކަމަށެވެ. މިއަދު ފެނިގެން ދިޔައީ އާރުޓީއެލްގެ ހިދުމަތް ނ އަތޮޅަށާއި، ރ އަތޮޅު އަދި ބ އަތޮޅަށް ފެށުމުގެ އެގްރީމެންޓުގައި އެމްޓީސީސީއާއެކު ސޮއިކުރިތަން ކަމަށެވެ.

ރައީސް ޞާލިޙު ވިދާޅުވީ އެއީ އެގްރީމެންޓްކޮށް ހަވާލުކޮށްފައި އޮތް ކަމެއް ކަމަށާއި، އެއަށް ބޭނުންވާ ލޯންޗްތައް ބަނދެ ނިންމާފައިވާ ކަމަށެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ އެއަށް މީހުން ލައިގެން ދުއްވަން ފެށުން ކަމަށެވެ. އެ އެގްރީމެންޓް އޮންނާނެ ކަމަށެވެ. މީގެ އިތުރުން ދެން އަޑު އިވިގެން ދިޔައީ ފެލިވަރުގައި ފެކްޓްރީއަޅާ ވާހަކަ ކަމަށާއި، އެ މަސައްކަތަކީވެސް ސޮއިކޮށް، ފައިސާ ހަމަޖެހި ބިޑްކުރާ ހިސާބުގައި އޮތް ކަމެއް ކަމަށެވެ.

އެހެންވީމަ މި ދަންނަވަނީ މީހުންނަށް ބިރު ދެއްކުމާއި އޮޅުވާލުން އޮތީ އިންތިހާއަށް ގޮސްފައޭ. އެންމެ މަތިން އެކަން ކުރަން ފެށީމަ ދެން އަންނާނީ ދެން ތިބި ބަޔަކުވެސް ވާދައަށް އެކަން ކުރުން. ދަންނަވަންތޯ މިކަންތައްތަކުން މިގައުމު ސަލާމަތް ކުރަންޖެހޭ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު

އާރުޓީއެލް ފެރީގެ ޚިދުމަތް ނ. ރ. އަދި ބ. އަތޮޅުގައި ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ސަރުކާރުން ހާމަކޮށްފައިވަނީ ހޯމަ ދުވަހުއެވެ. ސަރުކާރުން ބުނެފައިވަނީ މުލަކަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީގެ ޚިދުމަތް ފެށުމާއި ގުޅިގެންނާއި، އާރުޓީއެލް ރަސްމީކޮށް ނ. ރ. އަދި ބ. އަތޮޅުގައި އިފްތިތާޙް ކުރެވުމާއެކު މިއަތޮޅުތަކުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންޤިލާބީ އައު ބާބެއް ފެށޭނެ ކަމަށެވެ.

އަދި އާރުޓީއެލްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ސަރަހައްދުތަކުގައި ޚިދުމަތް ފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި ހަމައެހެންމެ، އެކަމަށް ބޭނުންވާ ތައްޔާރީތައް ދައުލަތުގެ ވުޒާރާތަކާއި ގުޅިގެންދަނީ ކުރެވެމުން ކަމަށާއި، މީގެ އިތުރުން، އެމްޓީސީސީއިން އާރުޓީއެލް ފެރީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ތަމްރީންތަށް އަންނަނީ ދެވެމުން ކަމަށް ބުނެފައިވެއެވެ.

އާރުޓީއެލް އިން މުޅި ރާއްޖެ ގުޅުވާލުމަށް މިދިޔަ ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖައްސާ، އެމްޓީސީސީއާއި ހަވާލުކޮށް އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންގޮސް މިދިޔަ ވެރިކަން ނިމުނު އިރު އޮތީ ރާއްޖޭގެ 8 އަތޮޅެއް ގުޅުވާ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް